ދިވެހި ފުލުހުންނާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާ ދެމެދު ފަހުމުނާގައި ސޮއިކުރުން (ފޮޓޯ/ޕޮލިސް)
ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވަން އެމެރިކާއާ އެކު އެމްއޯޔޫއެއް
ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް ތަންފީޒީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ފުލުހުންނާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް، ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ވީ ކިހިނެއް؟ - މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވީ:
-
ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ރީޖަނަލް އަޓާޗޭ އާލް މަޓިއާ
-
ފުލުހުންގެ ފަރާތުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު
ތަފްސީލް - ފުލުހުން ބުނީ، މި އެމްއޯޔޫގެ ދަށުން ގުޅުންހުރި ކަންކަމުގައި ދެ ފަރާތުން މަޝްވަރާކޮށް، މައުލޫމާތު ބަދަލުކުރާނެ ކަމަށެވެ. އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވާ، ތަހުގީގުކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.
މީގެ އިތުރުން:
-
އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ
-
ތަހުގީގީ ދާއިރާގެ ގާބިލުކަން އިތުރުކުރާނެ
-
ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވާނެ
-
ސަލާމަތީ ގޮތުން ކުރިމަތިވަމުން އަންނަ ނުރައްކާތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވާނެ
ކޮމެންޓް