ފުރުގާނު މިސްކިތު ބިއްލޫރިގަނޑު ތަޅާލާފައި (ފޮޓޯ/ސިޓީ ކައުންސިލް)
ފުރުގާނު މިސްކިތުގެ ކުޑަދޮރެއް ތަޅާލައިފި
ފުރުގާނު މިސްކިތުގެ ކުޑަދޮރަކަށް ރޭ ގެއްލުންދީ އެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.
ވީ ކިހިނެއް؟ - މާލޭ ސިޓީ ކައުންސިލުން ބުނީ އަމީނީ މަގުގައި ހުންނަ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލީ ރޭ ކަމަށާއި އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ތަފްސީލް - ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލަ މާލޭ މޭޔަރު އާދަމް އާޒިމް ވަނީ ކުށްވެރި ކުރައްވައިފަ އެވެ.
މޭޔަރު ވިދާޅުވީ މިސްކިތްތަކަކީ ރައްޔިތުންގެ އިހުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ މުގައްދަސް ތަންތަންކަމާއި މިފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށެވެ.
ފާހަގަކޮށްލެވޭ - މާލޭ މިސްކިތްތަކަށް ގެއްލުންދީ މިސްކިތްތަކުން ވައްކަން ކުރުން ފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. ރޭގެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެ އެވެ.
ކޮމެންޓް