އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ) (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)
އެޗްޑީސީގެ ޑިރެކްޓަރު އިސްމާއީލަށް ތޫނު އެއްޗަކުން ހަމަލާ ދީފި
އެޗްޑީސީގެ ޑިރެކްޓަރެއްގެ ވަޒީފާގައި ހުރި އިސްމާއީލް އަބްދުއްރަހީމް (އިސޫ)އަށް ތޫނު އެއްޗަކުން މިރޭ ހަމަލާދީފި އެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި، މާރާމާރީއެއް ހިނގީ ހުޅުމާލެ ފޭސް 2ގެ ހިއްކި ބިމުގެ ސަރަހައްދުގަ އެވެ. އެ މާރާމާރީގައި ދެ ފިރިހެނަކު ޒަހަމްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ:
-
ޒަހަމްވީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށް
-
އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން
އެނގިފައިވާ ގޮތުގައި ޒަހަމްވި އެކަކަކީ އިސްމާއީލެވެ.
ފުލުހުން ފަހުން ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އޭގެ ތެރެއިން 21 އަހަރުގެ މީހާ ފަރުވާއަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
"މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި އޭނާ މިހާރު ވަނީ ހައްޔަރުކޮށްފައި،" ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނޫސްވެރިޔާ އަހުމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި އިސްމާއިލް ހިމެނޭ ގޮތަށް ތިން މީހަކު ޖޫން 2022ގައި ހައްޔަރު ކުރި އެވެ. އޭގެ އެއް މަސް ފަހުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާއެއް އިސްމާއިލްގެ މައްޗަށް ކުރި އެވެ.
ނަމަވެސް، ހެކި ނެތް ކަމަށް ބުނެ ނޮވެމްބަރު 2023ގައި ކޯޓުން ވަނީ ދައުވާތައް ބޭރުކޮށްލާފަ އެވެ. އޭރު އިސްމާއިލް ހުރީ ފައިގައި ޓެގް އެޅުވުމަށް ފަހު ގެއަށް ދޫކޮށްލާފަ އެވެ.
އެޗްޑީސީގެ ވަޒީފާއަށް އޭނާ އައްޔަންކުރީ ޖެނުއަރީ 2024ގަ އެވެ.
ކޮމެންޓް