ހުޅުމާލެ އާއި ހުޅުމާލެ ފޭސް 2 ގުޅުވައިދޭ ބުރިޖު ސަރަހައްދު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ވަޅިއެއް ހިފައިގެން ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި
ވަޅިއެއް ހިފައިގެން ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ހުޅުމާލެ ފޭސް2ގައި ހުރި ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގާ މައްސަލަ މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ، ފުލުހުން ބުނި ގޮތުގައި، ދިވެހި ފިރިހެނެކެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދެ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.
އެއް ވީޑިއޯއިން ފެންނަނީ މީހަކު ފިހާރައެއްގެ ކައުންޓަރު ކައިރީ މަޑުކޮށްލައިގެން ހުރުމަށް ފަހު އެތަނުގައި ހުރި މޮނީޓަރުތަކަށް އަތްލާ ހަދާ މަންޒަރެވެ. އަނެއް ވީޑިއޯއިން ފިހާރައިގެ ކައުންޓަރު ކައިރީ ވަޅިއެއް ހިފައިގެން މީހަކު މަޑުކޮށްގެން ފެންނަ މަންޒަރާއި އިރުކޮޅަކުން އެތަނުން ދާ މަންޒަރު ފެނެ އެވެ. ދެން ފެންނަނީ އެތަނުގެ ބޭރުގައި ބަޔަކު މީހުން އެމީހާ ހިފަހައްޓާ އޭނާ ބިންމައްޗަށް ވައްޓާލައި، ހަމަލާދޭ ތަނެވެ.
ކޮމެންޓް