ބޭރުފައިސާ ގަނެ ވިއްކުމުގެ ހިދުމަތްދޭ ތަނެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޑޮލަރުގެ އަގު 20.50ރ. އިން މައްޗަށް އަރައިފި
ރާއްޖޭގައި ޑޮލަރުގެ އަގު 20.50ރ. އިން މައްޗަށް އަރައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15.42ރ. އެވެ. ނަމަވެސް ބޭރު ފައިސާގެ ވިޔަފާރި ކުރާ ތަންތަނުން އަދި ކަޅުބާޒާރުގައި ވެސް ޑޮލަރުގެ އަގު ވަނީ 20.50ރ. އިން މައްޗަށް ގޮސްފަ އެވެ.
ތަފްސީލް - 'ދައުރު' އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުނީ އިއްޔެ ވެސް ޑޮލަރު ގަންނަން ލިބުނީ 20.50ރ. އަށް ކަމަށެވެ.
-
ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތް ކުރާ ބައެއް ތަންތަނުގައި ޑޮލަރުގެ އަގު މިއަދު ހުރީ 20.30ރ. އާއި 20.50ރ. އާ ދެމެދުގަ އެވެ.
-
ޑޮލަރުގެ އަގު އުފުލުމަކީ ވިޔަފާރިވެރިން ޑޮލަރު ގަންނަން ކުރަން ޖެހޭ ހޭދަ ބޮޑުވާނެ ކަމެއް
-
މިއާއެކު ރާއްޖެ އަށް އެތެރެކުރާ މުދަލުގެ އަގު ވެސް އުފުލޭނެ
ބޭރު ފައިސާ ގަނެ ވިއްކާ ތަންތަނުން ބުނާގޮތުގައި ޑޮލަރުގެ އަގު އުފުލެނީ ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުންނެވެ. މެދުއިރުމަތީގެ ހަނގުރާމަ އާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމަކީ ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެފައިވާ އެއް ސަބަބެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްތަދާ އަޅާބަލާއިރު %5 ވަނީ ދަށްވެފަ އެވެ. ޖޫން މަހުގެ 16 ވަނަ ދުވަހާ ހަމައަށް މި މަސް ތެރޭ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު %17 ދަށްވެފައިވާ ކަމަށް ވެސް އެ ހިސާބުތައް ދައްކަ އެވެ.
މިއީ ރާއްޖެއަށް ފަތުރުވެރިކަމުގެ ލޯ ސީޒަން އެވެ. މި މަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް އަންނަނީ 3،000-4،000 އާ ދެމެދުގެ ފަތުރުވެރިންނެވެ.
މީގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް ލިބޭ އާމްދަނީ އިން ބައެއް ބޭންކުތަކަށް މާރުކުރަން މަޖުބޫރުުވުމަކީ ވެސް މާކެޓުގައި ޑޮލަރު ލިބުން ދަތިވެ، ޑޮލަރުގެ އަގު އުފުލެން ދިމާވެފައިވާ ކަމެއް ކަމަށް އެކްސްޗޭންޖު ވިޔަފާރި ކުރާ މީހުން ބުނެ އެވެ.
ކޮމެންޓް (7)
ބައްޒާކު
ޑޮލަރޭ
ތެފައާސާ.
އާސާފަތެ.
ސިކުނޑި
މުޙައްމަދު އަލް ޢާދިލް
ތެފައާސާ.