ކަސްޓަމްސް އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަން (ފޮޓޯ/ކަސްޓަމްސް)
ޗިޕްސް ދަޅުތަކެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ވޭޕުތަކެއް އަތުލައިގަނެފި
ޕޮޓޭޓޯ ޗިޕްސް ދަޅާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގައި ފޮރިވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް އަދި އޭގެ ކާޓްރިޖު އަތުލައިގަނެފި އެވެ.
ވީ ކިހިނެއް؟ - ކަސްޓަމްސް އިން އިއްޔެ ބުނީ އެތަކެތި އަތުލައިގަތީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާ ގަވައިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން މާލޭ ކޮމާޝަލް ހާބަރުގައި މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ތަފްސީލް - ކަސްޓަމްސް އިން ބުނީ އޮޕަރޭޝަންގައި ބަލާފާސްކުރި ޝިޕްމަންޓުގައި ޕޮޓޭޓޯ ޗިޕްސް ދަޅު އަދި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.
-
1،108 ވޭޕް ކާޓްރިޖް އަދި 27 ޑިވައިސް މި އޮޕަރޭޝަނުގެ ތެރެއިން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި
މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެނގުން މުހިއްމު - ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާހާ އެކު އެ އަހަރުގެ ޑިސެމްބަރުން ފެށިގެން ރާއްޖެއަށް ވޭޕު އެތެރެ ކުރުމާއި ރާއްޖޭގައި ވޭޕު ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ.
ކޮމެންޓް