އަމިއްލަ ގޯތި ވަގުފް ކުރައްވައި އެޅުއްވި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި 'ޑިމްސް' މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ

މިސްކިތްތައް

ސޯލިހު އަމިއްލަ ގޯތި ވަގުފް ކުރެއްވީ މިސްކިތެއް ބިނާ ކުރުމަށް

'ޑިމްސް' މުހައްމަދު ސޯލިހު ސ. ހުޅުދޫގައި އެޅުއްވީ 200 މީހުންގެ ޖާގައިގެ މިސްކިތެއް
1 ގަޑިއިރު ކުރިން

'ޑިމްސް'ގެ ނަމުގައި މަޝްހޫރު ގިނަ ވިޔަފާރިތަކެއް ހިންގަވާފައިވާ މުހައްމަދު ސޯލިހު އޭނާގެ އަމިއްލަ ގޯތީގައި އެޅުއްވި މިސްކިތް މިއަދު ހުޅުވައިފި އެވެ.

ތަފްސީލް - ދައުލަތަށް ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާތީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް މިދިޔަ އަހަރު ލިބިވަޑައިގެންނެވި ސޯލިހު މި މިސްކިތް އެޅުއްވީ ސ. ހުޅުދޫގައި އޮންނަ އޭނާގެ އަމިއްލަ ގޯތި އެކަމަށް ވަގުފް ކުރެއްވުމަށް ފަހު އެވެ.

'ޑިމްސް' މުހައްމަދު ސޯލިހު އޭނާގެ އަމިއްލަ ގޯތި ވަގުފް ކުރައްވައި އެޅުއްވި މިސްކިތް

'މަސްޖިދު ޒުލައިހާ މުހައްމަދު'ގެ ނަމުގައި އަޅާފައިވާ މި މިސްކިތް ހުޅުއްވައިދެއްވީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ސޯލިހުގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

މިސްކިތް ހުޅުއްވައިދެއްވުމަށް ފަހު ޝަހީމް ވަނީ، އަމިއްލަ ގޯތި މާތް ﷲއަށްޓަކައި ވަގުފްކޮށް، މިސްކިތެއް ބިނާކުރުމުން އެކަން ފާހަގަކުރައްވާފަ އެވެ. އަދި އެއީ މިއަދުގެ ޒުވާން ޖީލަށް ދައްކައިދިން ވަރަށް ރަނގަޅު ފިލާވަޅެއްކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް