އައިޔޫއެމް: ހިލޭ ގާނޫނީ އެހީ ދިނުމަށް އެތަނުން ވަނީ މަރުކަޒެއް ހުޅުވާފައި
އައިޔޫއެމްގެ ދަރިވަރުން އިސްވެ ތިބެ ހިލޭ ގާނޫނީ ލަފާ ދެނީ
ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން މަރުކަޒެއް ހުޅުވައިފި އެވެ.
ތަފްސީލް - 'އައިޔޫއެމް ލީގަލް ކްލިނިކް'ގެ ނަމުގައި ހުޅުވި މި މަރުކަޒުގެ މަގްސަދަކީ، އެތަނުން ބުނިގޮތުގައި، ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ދަރިވަރުން ތަމްރީނު ކުރުމެވެ.
މި ލީގަލް ކްލިނިކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި:
-
ގާނޫނީ ލަފާ ދިނުން
-
މައްސަލަތަކުގެ ލިޔުންތަކާއި ފޯމުތައް ތައްޔާރުކޮށްދިނުން
-
އެއްބަސްވުންތަކާއި ޕަވާ އޮފް އެޓާނީ ފަދަ ލިޔުންތައް ހަދައިދިނުން
އައިޔޫއެމްއިން ބުނީ އެތަނަށް ހުށަހަޅާ މައްސަލަތަކުގައި އިސްކޮށް އުޅޭނީ، ގާނޫނު ކިޔަވާ ދަރިވަރުން ކަމަށެވެ.
އެތަނުން ބުނިގޮތުގައި:
-
ގޫގްލް ފޯމެއް މެދުވެރިކޮށް އެ ކްލިނިކަށް މައްސަލަ ހުށަހެޅުމުން، އެތަނުން ކުރިއަށް ގެންދެވޭނެ މައްސަލައެއްތޯ ބަލާނެ
-
އަދި މައްސަލަ ކުރިއަށް ގެންދެވޭ ނަމަ، ލައިސަންސް ލިބިފައިވާ ވަކީލެއްގެ ބެލުމުގެ ދަށުން ދަރިވަރުންގެ ޓީމަކުން މައްސަލަ ދިރާސާ ކުރާނެ
-
އެއަށް ފަހު ޔުނިވަސިޓީގައި ވަކީލަކާއެކު ބައްދަލުވުން ބާއްވައި ގާނޫނީ ލަފާ ދޭނެ
ކޮމެންޓް