މިއަދުގެ ޖަލްސާގައި ސޯދިގު ބައިވެރިވަޑައިގަންނަވަނީ

ސޯދިގު ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވައި މަސައްކަތް ފައްޓަވައިފި

މިއާއެކު މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 13އަށް އަރާފައި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު މަގާމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ -  ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ކުރެއްވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެެގެން ގެއްލުނު އެ ގޮނޑިއަށް ބޭފުޅަކު ހޮވުމަށް ބައި-އިލެކްޝަން ބޭއްވީ މި މަހު ހަ ވަނަ ދުވަހު އެވެ.

ތަފްސީލު - ޕީއެންސީގެ ކެންޑިޑޭޓު އަހްމަދު ސައީދުއާ ވާދަކޮށް، އިންތިހާބު ކާމިޔާބު ކުރެއްވި ސޯދިގު މަގާމުގެ ހުވާ ކުރެއްވީ، މިއަދު މަޖިލީހުގައި އެކަމަށްޓަކައި ބޭއްވި ހާައްސަ ރަސްމިއްޔާތުގަ އެވެ.

އެ ރަސްމިއްޔާތަށްފަހު، ސޯދިގު ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އޭނާއަށް

މިއީ މި ހިނގާ 20 ވަނަ މަޖިލީހުގައި މެންބަރެއްގެ ގޮނޑި ހުސްވެގެން ބޭއްވި ފުރަތަމަ ބައި-އިލެކްޝަނެވެ.

ސޯދިގު އިންތިހާބުވެވަޑައިގަތުމާ އެކު، މަޖިލީހުގައި އެމްޑީޕީގެ މެންބަރުންގެ އަދަދު 13އަށް އެރީ އެވެ.

އެނގުން މުހިންމު - އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާގައި ވަނީވަނީ މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށްފަ އެވެ.

އެ ނަތީޖާއިން ދައްކާ ގޮތުން:

  • ސޯދިގު ގޮނޑި ކާމިޔާބު ކުރެއްވީ 1،375 (%51.15) ވޯޓުން

  • ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު ސައީދަށް ލިބިވަޑައިގެންނެވީ 1،313 (%48.85) ވޯޓު 

ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގީ 62 އެވެ. މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 4،100އެއްހާ މީހުންނަން ލިބުނުއިރު، ވޯޓުލާން ނުކުމެފައި ވަނީ 2،739 (%66) މީހުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް