އެމެރިކާގެ ސިފައިން ދިވެހި ފުލުހުންނަށް ފާރަ ކުއްތާ ބޭނުން ކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ
ފާރަ ކުއްތާ ބޭނުން ކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކެއް އެމެރިކާއިން ދީފި
ފާރަ ކުއްތާ ބޭނުންކޮށްގެން، ބަލާ ފާސްކުރާނެ ގޮތުގެ ހާއްސަ ތަމްރީނުުތަކެއް އެމެރިކާއިން ދިވެހި ފުލުހުންނަށް ހިންގައިފި އެވެ.
ވީ ކިހިނެއް؟- ފުލުހުން ބުނިގޮތުގައި އެމެރިކާގެ 'ޑިޕްލޮމެޓިކް ސެކިއުރިޓީ އެންޑް އެންޓި ޓެރަރިޒަމް އެސިސްޓެންޓް'އިން މި ތަމްރީނުތައް ހިންގާފައިވަނީ މިދިޔަ މަހުގެ 22 އިން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
މި ތަމްރީނުތަކުގެ ދަށުން ކިޔައިދީފައިވަނީ:
-
ކުއްތާ ބޭނުންކޮށްގެން، އިންޑޯ އަދި އައުޓްޑޯ އޮޕަރޭޝަންތައް ހިންގާނެ ގޮތް
-
އަދި އެ ފަދަ އޮޕަރޭޝަންތަކުގައި ކުއްތާގެ އުކުޅުތައް ހުންނާނެ ގޮތް
-
ކުއްތާ ބޭނުންކޮށްގެން، އެންމެ ފަހުގެ ހުނަރުތަކާއެކު އެމެރިކާގެ ވެޓިރެނަރީ ހާއްސަ ޑޮކްޓަރުގެ އިރުޝާދާއެކު ފަސްޓްއެއިޑް ކްލާސްތަކެއް
-
ވެހިކަލް ބަލާ ފާސްކުރާނެ ގޮތް
އެނގުން މުހިއްމު- ދިވެހި ފުލުހުންގެ އެކި އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުން ކުރަން ފެށީ 2015 އަހަރުން ފެށިގެންނެވެ. އޭގެ ފަހުން، ޓެރަރިޒަމްގެ އޮޕަރޭޝަންތަކަށް ހާއްސަކޮށްގެން، 2022 ވަނަ އަހަރު ވަނީ އިތުރު 10 ކުއްތާ ގެނެސްފަ އެވެ.
ކަސްޓަމާއި ޕޮލިސް އަދި އެމްޕީއެލާއި އެއާޕޯޓުގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެންޓުތަކުގެ ސަލާމަތީ ކަންކަމަށް ވެސް އެ ކުއްތާތައް އަންނަނީ ބޭނުން ކުރަމުންނެވެ.
ކޮމެންޓް