ޒީނާޒް، ރައީސް މުއިއްޒުއާއެކު
ޒީނާޒަށް ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަން ދީފި
މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއާގެ ސްޓޭޓު މިނިސްޓަރެއްގެ މަގާމަށް ޒީނާޒް އަދުނާން އައްޔަނުކޮށްފި އެވެ.
ތަފްސީލް - ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު 'ދައުރު' އަށް ވިދާޅުވީ އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ޒީނާޒު އައްޔަނުކުރައްވާފައިވާ ކަމަށާއި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ޖެންޑާ އާ ބެހޭ ބައިގައި މަސައްކަތް ކުރައްވަން ފައްޓަވާފައިވާ ކަމަށެވެ.
ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައިވާ ޒީނާޒް މީގެ ކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.
ޒީނާޒަކީ މި ސަރުކާރުގައި ލޯކަލް ގަވަމެންޓް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނެވެ. މިދިޔަ އޭޕްރީލް މަހު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިފަހުން ގަތަރަށް ރާއްޖޭން ކަނޑައާޅާ ސަފީރަކަށް އޭނާ އައްޔަންކުރަން ނިންމާ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ.
ފާހަގަ ކުރެވޭ - މި ސަރުކާރުގެ ކުރީކޮޅު ޒީނާޒު ވަނީ ވެރިކަންކުރާ ޕީއެންސީގެ އެސްޖީކަން ވެސް ކުރައްވައިފަ އެވެ.
ކޮމެންޓް (2)
ބަކަރިބޯ
ތެފައާސާ.