އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގައި ކުރީގެ ރައީސް އަދި އެ އިންތިހާބުގެ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވޯޓުލައްވަނީ. (ފޮޓޯ/ނައުޝަމް ވަހީދު)

ވޯޓުލެއްވުމަށް ފަހު ނަޝީދު ވިދާޅުވީ މުޅި ރާއްޖޭގައި އޮތީ އެމްޑީޕީ ކަމަށް

މިއަދަކީ މޫސުން ގޯސް ދުވަހެއް ނަމަވެސް ވީހާ ވެސް ގިނަ މެންބަރުން ވޯޓުލުމަށް ނުކުތުން މުހިއްމުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިހާރު ވެސް އެ މަންޒަރު ފެންނަމުންދާ ކަމަށް
1 ގަޑިއިރު ކުރިން

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގައި ކުރީގެ ރައީސް އަދި އެ އިންތިހާބުގެ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވޯޓުލައްވައިފި އެވެ. އެއާ އެކު، އެ މަނިކުފާނު ވިދާޅުވީ މުޅި ރާއްޖޭގައި މިހާރު އޮތީ އެމްޑީޕީ ކަމަށާއި މިހާރުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ ކަމަށެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރުފަހު 2:30 އިން މިރޭ 8:30އަށް ކުރިއަށްދާ އިންތިހާބުގައި ނަޝީދު ވޯޓުލެއްވީ ގަލޮޅު މަދުރަސާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.

ތަފްސީލް - 'ބޮޑު ބަދަލު'ގެ ނަމުގައި ޗެއާޕާސަން އިންތިހާބުގެ ބޮޑު އަދި ފޯރިގަދަ ކެމްޕޭނެއް ނަޝީދު ކުރިއަށް ގެންދެވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގައި ކުރީގެ ރައީސް އަދި އެ އިންތިހާބުގެ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވޯޓުލައްވަނީ. (ފޮޓޯ/ނައުޝަމް ވަހީދު)

އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވޯޓުލުން ކުރިއަށް ދަނީ ފުރިހަމަކޮށް ކަމަށެވެ.

މިއަދަކީ މޫސުން ގޯސް ދުވަހެއް ނަމަވެސް ވީހާ ވެސް ގިނަ މެންބަރުން ވޯޓުލުމަށް ނުކުތުން މުހިއްމުކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މިހާރު ވެސް އެ މަންޒަރު ފެންނަމުންދާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގައި ކުރީގެ ރައީސް އަދި އެ އިންތިހާބުގެ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވޯޓުލައްވަނީ. (ފޮޓޯ/ނައުޝަމް ވަހީދު)
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްދާ އިންތިހާބުގައި ކުރީގެ ރައީސް އަދި އެ އިންތިހާބުގެ ކެންޑިޑޭޓު މުހައްމަދު ނަޝީދު ވޯޓުލައްވަނީ. (ފޮޓޯ/ނައުޝަމް ވަހީދު)

ނަޝީދު ވިދާޅުވީ އެމްޑީޕީ އޮތީ ވަރަށް ބޮޑަށް ހަރަކާތްތެރިވެފައި ކަމަށެވެ. ހުރިހާ ރަށެއްގައި ވެސް އެމްޑީޕީގެ އަޑު އިވެމުން އަންނަ ކަމަށާއި އެ ޕާޓީގެ ކުލަތައް ރަށްރަށުން ފެންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހުރިހާ ރަށެއްގައި ވެސް ރީނދޫކުލަ އާއި އަޅުގަނޑުމެންގެ ލަވަތަކާއި އަޅުގަނޑުމެންގެ ޖޯޝާއި އަޅުގަނޑުމެންގެ ދިދައާ ދެން އަޅުގަނޑުމެންގެ ވަކާލާތު ކުރިއަށް އެބަދޭ،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރަށާއި ރައީސް މުހައްމަދު މުއިއްޒަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިހާރު ޑރ. މުއިއްޒުގެ ސަރުކާރަށް، ފުރަތަމަ ޑރ. މުއިއްޒަށް މިވަނީ ވަރަށް ބޮޑަށް މަގުބޫލުކަން ގެއްލިފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރު ޖަވާބުދާރީކޮށް، ސީދާ ހަރަކާތަށް ދާން ކުރަންހުރި ކަންކަމުގައި ވެސް އެމްޑީޕީން ބައިވެރިވާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް