ކ. ކާށިދޫ. މީހުން އުޅޭ ސަރަހައްދުގައި ހުންނަ ދަނޑުތަކަށް ކެމިކަލް ބޭސް ޖަހާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައި
ކާށިދޫގައި މީހުން އުޅޭ ސަރަހައްދުގައި ދަނޑުތަކަށް ކެމިކަލް ބޭސް ޖަހާތީ ފިޔަވަޅު އަޅަނީ
ކ. ކާށިދޫގައި މީހުންގެ ގޯތިތަކާއި މީހުން އުޅޭ ސަރަހައްދުތަކުގައި ހައްދާ ދަނޑުތަކަށް ކެމިކަލް ބޭސް ޖަހާތީ ފިޔަވަޅު އަޅާނެ ކަމަށް އަންގައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ކާށިދޫ ކައުންސިލުން ކުރިން ވެސް މަނާކޮށްފައި އޮންނަ ކަމަކެވެ. އެކަމަކު އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އަނެއްކާވެސް ގޯތިތަކާއި ކައިރި ދަނޑުތަކަށް ކެމިކަލް ބޭސް ޖަހާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ތަފްސީލް - އެ ތަނުން ބުނި ގޮތުގައި، މިއީ ބަލި މީހުންނާއި ކުޑަކުދިން ސިއްހީ ނުރައްކަލަށް ހުށަހެޅުން ވަރަށް ގާތް ކަމެކެވެ.
އެހެންވެ ކާށިދޫ ކައުންސިލުން ބުނީ:
-
ކެމިކަލް ބޭސް ބޭނުން ކުރުމުގެ އާއްމު މިންގަނޑުތަކާ ހިލާފަށް، އެއްވެސް ރައްކާތެރިކަމެއް ނެތި ދަނޑުތަކުގައި މަސައްކަތް ކުރާ ބިދޭސީން ކެމިކަލް ބޭސް ބޭނުން ކުރާ ނަމަ، އެކަމުގެ ޒިންމާ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުން އުފުލަން ޖެހޭނެ ކަމަށް
-
ކުރިއަށް އޮތް ދުވަސްތަކުގައި ގޯތިތަކާއި އަވަށާ ކައިރީގައި ދަނޑުވެރިކަން ކުރާ ސަރަހައްދުތައް ބަލާ މޮނީޓާކޮށް، ކެމިކަލް ބޭސް ބޭނުން ކުރަމުންދާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް
އެނގުން މުހިއްމު - ކާށިދުއަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އެއް ރަށެވެ. އެ ރަށުގައި ހަދާ މޭވާ އާއި ތަރުކާރީ، ކޮންމެ ދުވަހަކުހެން މާލެ ގެނެސް ވިއްކަ އެވެ،
ކޮމެންޓް