އައްޑޫގައި މީގެ ކުރިން ބޭއްވި ހިތަދޫ މެދު ދާއިރާގެ ކެންޑިޑޭޓް މުހައްމަދު އަޒާންގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒު (ފައިލް ފޮޓޯ/ޕީއެންސީ)

ސިވިލް ކޯޓު

'ދައުރު'ގައި ޖެހި އަޒާންއާ ގުޅޭ ލިޔުން ނަގަން ކޯޓުން އަމުރެއް ނެރެެފި

ކޯޓުުން ނެރުނު ވަގުތީ އަމުރާ އެކު، 'ދައުރު'ގެ ވެބްސައިޓުން މިހާރު ވަނީ އެ ލިޔުން ނަގާފައި
10 ޖޫން 2026
5

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާންއާ ގުޅޭ ގޮތުން 'ދައުރު'ގައި ޝާއިއުކުރި ލިޔުމާ ގުޅިގެން އޭނާ ކޮށްފައިވާ އަބުރުގެ ދައުވާގެ މައްސަލައިގައި އެ ލިޔުން ނަގަން ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޒާން ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 28ގައި ''އަދަދު'އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ'، މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމުގައި އަޒާންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭގެ ގެެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެވެ. އެގޮތުން:

  • އެ މައްސަލައިގައި އޭނާ ވަނީ ވަގުތީ އަމުރަަކަށް ވެސް އެދިފައި

  • އެއީ، މައްސަލަ ބަލާ ނިމެންދެން، އެ ލިޔުން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކޮށް، އާންމުންނަށް އެ ލިޔުން ނުފެންނާނެހެން ހެދުމަށް އަމުރުކޮށްދިނުމަށް

  • މިއަދު ކޯޓުން ވަނީ އެ ހުށަހެޅުމާ މެދު ގޮތެއް ނިންމައި އަޒާން އެދިވަޑައިގެންނެވި ގޮތަށް ވަގުތީ އަމުރު ނެރެފައި

ތަފްސީލު - ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ނެރުއްވި އެ އަމުރުގައި ވަނީ، އެ ލިޔުމުގެ ޕަބްލިކޭޝަން ސްޓޭޓަސް 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލު ކުރުމަކީ އެ ލިޔުން ޑިލީޓް ކުރުން ކަމުގައިވާ ނުވާނެ ކަމަށެވެ. އަދި ސްޓޭޓަސް ބަދަލުނުކޮށް އޮތުމަކީ، އާންމުކޮށް ކޮންމެ ކިޔުންތެރިއަކަށް ވެސް އެ ހުޅުވައި ބެލޭނެ ގޮތަށް އޮތުން ކަމަށް ދެ ފަރާތުގެ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.

އެެއާ އެކު، އެ އަމުރުގައި ބުނީ، "މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިމާޔަތް ކުރަން ޖެހޭ ދައުވާ ކުރާ ފަރާތުގެ މައުލޫއީ ހައްގެއް މައްސަލައިގެ ފުރަތަމަ ބެލުމުން ވެސް އެނގެން އޮންނާތީ" އާއި އެ ލިޔުމުގެ ސްޓޭޓަސް ޑްރާފްޓަށް ބަދަލުކުރުމަކީ ނުވަތަ ވެބްސައިޓުން ނުފެންނަ ގޮތަށް ހެދުމަކީ، ދައުވާ ލިބޭ ފަރާތަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ ކަމަށެވެ. 

އެހެންވެ، ކޯޓުން އަމުރު ކުރީ މި މައްސަލައިގައި އަޒާން އެދިފައިވާ ގޮތަށް އެ އަމުރު ނެރެދިނުމަށެވެ.

އެ އަމުރާ އެކު، 'ދައުރު'ގެ ވެބްސައިޓުން މިހާރު ވަނީ އެ ލިޔުން ނަގާފަ އެވެ.

 އެނގުން މުހިންމު - މި މައްސަލައިގައި އަޒާން އެދިވަޑައިގެންފައި ވަނީ އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލަކަށް 5،000ރ. އާއި ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. އަދި މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ވެސް ނަގައިދިނުމަށެެވެ.

ކޮމެންޓް (5)

ސިކުނޑި

11 ޖޫން 2026
ދައުރުގެ އެ ލިޔުމުގައި އަޒާނުގެ އަބުރަށް އަރައިގަނެފައިނުވޭ! ސަބަބަކީ އަޒާންއަކީ މީހަކަށް އަރައިގަނެވޭވަރުގެ އަބުރެއް އޮތް މީހެއްނޫން! ދޮގު ހެދުމާއި އޮޅުވާލުމާއި އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ މީހެއްގެ އަބުރެއް ނޯންނާނެ! އެ ބުނާ ލިޔުމުގައި އޮތް ވާހަކަތައް ރަނގަޅު! އަޒާނުވެސް ކުރީ މީހަކު ބުނި ބުނުމަކަށް ސުވާލެ! ޝަހުޒާނުވެސް ކުރީ ސުވާލެއް! އިންސާފު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ! އަބަދަކު މަޖިލީހުގެ ގޮނޑީގައިވެސް ނީނދެވޭނެ!
2 0

އަޒަންނާ

10 ޖޫން 2026
މޫސާ ލަތީފް ސައިޒު ވާނެ ކަމަށް އުއްމީދުކުރަން
3 8
މަށޭ Avatar

މަށޭ

10 ޖޫން 2026
ހާދަ ** ގޮލައެއް. މީނަ ނޫސްވެރިކަން ކުރިއިރު މީހުންގެ އަބުރު ކަތިލަމުން ގޮތެއް ފޮތެއް ނެތި އުޅުނު އިރޯ؟
5 3

ތެފައާސާ.

10 ޖޫން 2026
އޭރު އަޒާނު އިސްވެ ހުރެ ހިންގި ދިޔަރެސްގައި ޝާއިއުކުރި ޚަބަރަކުން ކޯޓު ކޮށްފައި، "މިވަގުތު ރާއްޖޭގެ 5 ސަަރަހައްދެއްގައި އިންޑިއާގެ ސިފައިން ގާއިމްވެގެން ތިބެއެވެ. އެއީ ހދ. ހަނިމާދޫ، ލ. ކައްދޫ، އައްޑޫ ސިޓީ، އުތުރު ތިލަފަޅު އަދި މާލެއެވެ. މުޅި އެކު 2000 އާއި ގާތްކުރާ އަދަދަކަށް އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބި އިރު، މިހާރު ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕެޓްރޯލް ކުރަން އިންޑިއާ ކަނޑުގެ ސިފައިންނަށް ހުއްދަދޭން ނިންމާފައެވެ." މި 2،000 ސިފައިންނަށް ވީ ގޮތެއްވެސް ކޮންމެވެސް ބަޔަކު ކޯޓަށް ގޮސްގެން ވިޔަސް ސާފު ކުރަން ވެއްޖެއެއްނު؟
6 1

ތެފައާސާ.

10 ޖޫން 2026
ދަ އައިރޮނީ. ދިޔަރެސްގައި މި އަޒާނު އިސްވެ ހުރެ ފެތުރީ ކޮންފަދަ ބޮޑެތި ދޮގުތަކެއް. އެންމެ ކަމެއް ފާހަގަ ކޮށްލާނަމަ، 2 ހާހަށްވުރެ ގިނަ އިންޑިއާ ސިފައިން މިގައުމުގައި އެބަތިއްބޭ ކިޔައިގެން ދޮގު ޚަބަރު ޝާއިއުކޮށްގެން ތިއްބާ، މި ވެރިކަމުގައި 2023 ނޮވެމްބަރުގައި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރިއިރު، އަސްލު ތިބީ ކުރީ ސަރުކާރުންވެސް ހާމަކުރިހެން 75 ސިފައިންކަން ޔަގީންވީމާ، އެއްކަލަ ޚަބަރުގައި 2 ހާސް އޮތްތަން ގިނަ އަދަދެއްގެ އިންޑިއާ ސިފައިންނަށް ބަދަލުކޮށްލައިގެން ބަޔަކަށް ނޭގޭނެ ކަމަށް ހީކޮށްގެން ތިބީ.
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް