ރައީސް މުއިއްޒު އަދި އަޒާން. (ފައިލް ފޮޓޯ)

'ދައުރު'ގައި ޝާއިއުކުރި ލިޔުމަކާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާ އުފުލައިފި

އަޒާންގެ ފަރާތުން އެދިފައިވަނީ ދައުރުގައި ޝާއިއު ކުރި އެ ލިޔުމުން އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ކަނޑައަޅާ، އެ ލިޔުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރު ކުރުމަށް

'ދައުރު'ގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާންގެ ފަރާތުން އެ އާޓިކަލް ލިޔުނު ދައުރުގެ އެޑިޓަރު މޫސާ ލަތީފާއި ދައުރު ހިންގާ 'ނެކްސްޓް މީޑިއާ ގްރޫޕް'އާ ދެކޮޅަށް އަބުރުގެ ދައުވާކޮށް އަބުރާ ބެހުމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުގައި އެދެފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޒާން މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 28ގައި 'އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ'، މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމުގައި އަޒާންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭގެ ގެެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެވެ.

ތަފްސީލް - އަޒާންގެ ފަރާތުން އެދިފައިވަނީ ދައުރުގައި ޝާއިއު ކުރި އެ ލިޔުމުން އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ކަނޑައަޅާ، އެ ލިޔުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރު ކުރުމަށެވެ.

މީގެ އިތުރުން، އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލަކަށް 5،000ރ.، ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. އަދި މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.

އަޒާންގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ބަލާ ނިމެންދެން، ދައުރުގައި ޝާއިއުކޮށްފައިވާ ލިޔުން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކޮށް، އާންމުނަށް އެ ލިޔުން ނުފެންނާނެހެން ހެދުމަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ފާހަގަ ކުރެވޭ - ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް އިއްޔެ ވަނީ ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ.

ކޮމެންޓް (7)

ސިކުނޑި

14 މޭ 2026
އަޒާންވެސް ސުވާލު ކުރީ މީހަކު ބުނި ވާހަކައެއްގެ ސައްހަކަން ކަށަވަރު ކުރަން! އަދަދު ނޫހުންވެސް ގެނެސްދިނީ މީހަކު ބުނި ވާހަކައެއް! ކޮބާ އޭގެ ތަފާތަކީ! އަޒާންމެން މިއަދު ލަދުގަންނަންޖެހޭނެ! ނޫސްވެރިކަމޭ ކިޔާފަ އަނގަ ހުޅުވަން! ކީހާޅެން ފަރިއްސަވެގެން ދިޔައިމާ ގޮނޑިގެއްލިދާނެތީ އަނގަމަތީގައި މަލަން އަޅައިގެން އިނަސް ރައްޔިތުން އެހެން ނުތިބޭނެ! ޚުދު ތިމާމީހާ ނަގާ ތި ގޮނޑީގައި ބޭންދި ރައްޔިތުންވެސް މަޑުން ނުތިބޭނެ!
7 2

ކުޖޭ

14 މޭ 2026
އަޒާން އަކީ މިހާރު ވަރަށް އަބުރު ބޮޑުމީހެއް. އޭރު އޭނަ ހަމަ މިމަގާމުތަކާއި އެފަދަ ބޭފުޅުންގެ އަގުދޯ ވެއްޓީ. މީހަކު މީނާއަށް ދައުވާކޮށްބަލަ އެފަދަ ބޮޑު ދޮގުތައް ހަދައި ރައްތިތުންނަށް އޮޅުވާެލ
13 1

ޔޯޔޯ

13 މޭ 2026
އަޔާންގެ އަމުރެއް އެބައޮތްތަ؟
1 0

އަހާަބަހީ

13 މޭ 2026
ރާޖޫ މީ ކޮން ވައްތަރު މީހާ! 2000 އިންޑިޔާ ސިފައިން ދޯ
18 0

ފެކްޓްސް

13 މޭ 2026
މިކަލޭގެ ދޮގު ދޮލަނގުން ކާންދިން މީހުންނަށް ކޮންއިރަކު ބަދަލު ދޭން ޖެހެނީ. މީނާ ހޮވި މީހުންވެސް ރުޤްޔާ ކުރަންޖެހޭ ހިސާބުގަ މިހާރު ތިބީ. މަޖިލިހުގައި އިންނަ ގޮތަށް ފިތަންވީ ކުލަ ބުނީމާ ފިތަން އިނދެބަލަ ހައްޕު ކިޔާގެން.
22 1

ތެފައާސާ.

13 މޭ 2026
ދަ އައިރޮނީ!! އަޒާނު އިސްވެހުރެ ހިންގި ނޫހުގައި، އިންޑިއާގެ 2،000 އަށްވުރެ ގިނަ ސިފައިން މި ރާއްޖޭގައި އެބަތިބިކަމަށްބުނެ ޖެހި ޚަބަރު، މި ސަރުކާރު ވެރިކަމަށް އައިސް، އެ އަދަދަކީ (ކުރީ ސަރުކާރުންވެސް ބުނިހެން) 73 ކަމަށް އިއުލާންކުރަންދެން ވެބްސައިޓްގައި ފެންނަން އޮތް. ދެން ހެދިގޮތަކީ މީހަކަށް ނޭގޭނޭކަމަށް އަވަހަށް އެ ޚަބަރުގައި 2 ހާސް އޮތް ތަންކޮޅު "ގިނައަދަދެއްގެ ސިފައިން" ކަމަށް ބަދަލުކޮށްލީ. ޢަދި ކޮބާ، އުތުރު ތިލަފަޅޭ އައްޑޫ ޕޮލިސް އެކަޑަމީއޭ ކިޔައިގެން ހެދިގާ ދޮގުތަކުގެ ވާހަކަ ނުވާނެ ފައްޓަންވެސް.
26 0

ހަތަރެސްކަން

14 މޭ 2026
@ތެފައާސާ. އަދި ކޮބާ ހަނިމާދޫގައި ހަތިޔާރު ހިފައިގެން އިންޑިއާ ސިފައިން އެބަތިއްބޭ ކިޔައިގެން އެނބުރި ގޭސް؟ އަދި ކޮބާ އިންތިޚާބުގެ ކުރީ ދުވަހު، އިންޑިއާއަށް ރާއްޖޭގެ ބައެއް ދޭން ނިންމައިފިއޭ ކިޔައިގެން އިންޑިއާގެ ހައިކޮމިޝަނުގެ ސިޓީއެއް ފޯޖުކޮށްގެން ޚަބަރު ހަދައިގެން އެނބުރި ގޭސް؟ މިއީ ހައްތާވެސް ޑޮކިއުމެންޓު ކުރެވިފައި ހުރި ކަންކަން. މިއަދު މާ ބޮޑު އަބުރެއްގެ ވެރިއަކަށް ވެގެން ހުއްޓަސް ތިއީ ކާކުކަން އަހަރެމެންނަށް އެނގޭ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް