ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ވައިގެ މަގުން އެތެރެކުރި 8 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގެންފި

މި ތަކެތީގެ މަގުމަތީގެ އަގު 6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ބުނި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ވީ ކިހިނެއް؟ - ކަސްޓަމްސް އިން މިއަދު ބުނީ އިއްޔެ ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 8.49 ކިލޯގެ ހަޝިޝް އޮއިލް ކަމަށެވެ.

ތަފްސީލް - މި ތަކެތީގެ މަގުމަތީގެ އަގު 6 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ން މިތަކެތި އަތުލައިގަތްއިރު، މިއީ ކޮން ގައުމަކުން އެތެރެކުރަން އުޅުނު މަސްތުވާތަކެތިކަމެއް ނުބުނެ އެވެ.

ފާހަގަ ކުރެވޭ - ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެ އެވެ.  މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ކަސްޓަމްސް އިން ވަނީ ވީއައިއޭ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 900 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް