ވަޒީރުކަމުގެ ފަތް ހަސަން ޒަރީރުއާ ރައީސް މުއިއްޒު މިއަދު ހަވާލުކުރައްވަނީ: އޭނާ މީގެ ކުރިން ހުންނެވި ޓެކްސް ކޮމިޝަނަރުކަމުގައި (ފޮޓޯ/ރައީސް އޮފީސް)
އާ މާލީ ވަޒީރަކަށް ޓެކްސް ކޮމިޝަނާ ޒަރީރު އައްޔަންކޮށްފި
ރައީސް މުހައްމަދު މުއިއްޒު މާލީ ވަޒީރަކަށް ހަސަން ޒަރީރު މިއަދު އައްޔަންކުރައްވައިފި އެވެ.
އެނގުން މުހިންމު - އޭނާ ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ނުވަތަ މީރާގެ އިސްވެރިޔާގެ މަގާމުގަ އެވެ.
ތަފްސީލް - އޭނާއަށް ވަޒީރުކަމުގެ ފަތް ހަވާލުކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒު އެވެ. އޭނާއަށް ވަޒީރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އެވެ.
ޒަރީރަކީ ކާކު؟ -
-
2000 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކިއެކި މަޤާމުތަކުގައި ވަނީ މަސައްކަތްކުރައްވާފައި
-
ޓެކްސް ކޮމިޝަނާ ކަމާ ހަވާލުވުމުގެ ކުރިން އޭނާ ހުންނެވީ ބީއެމްއެލްގެ ޗެއާމަނަކަށް
-
2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި
-
މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް ކަމާއި ޕަބްލިކް އެންޓަޕްރައިޒަސް މޮނިޓަރިން އެންޑް އިވެލުއޭޝަން ބޯޑުގެ އިސްވެރިޔާގެ މަގާމު ފުރުއްވި
-
އެމްޓީޑީސީ، ސްޓެލްކޯ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އަދި މޯލްޑިވްސް ނޭޝަނަލް އޮއިލް ކޮމްޕެނީ ފަދަ ދައުލަތުގެ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ވެސް ކުރެއްވި
-
2019 ވަނަ އަހަރު އަމިއްލަ ވިޔަފާރީގެ ދާއިރާއަށް ބަދަލުވެވަޑައިގެން، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޑިރެކްޓާ އޮފް ފައިނޭންސް އަދި ގްރޫޕް ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމު އަދާކުރެއްވި
-
މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން އެކައުންޓިންގެ ދާއިރާއިން ބެޗްލާ ޑިގްރީއެއް އަދި ހަމަ އެ ޔުނިވަސިޓީން މާލީ ދާއިރާއިން މާސްޓާޒް ޑިގްރީއެއް ހާސިލުކުރައްވާފައިވޭ
-
މީގެ އިތުރުން އިނގިރޭސިވިލާތުގެ ފެލޯ ޗާޓަޑް މެނޭޖްމަންޓް އެކައުންޓެންޓް އަދި އޮސްޓްރޭލިއާގެ ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓެންޓްގެ ސަނަދު އޭނާ ވަނީ ހާސިލުކުރައްވާފައި
މާލީ ވަޒީރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ސިއްހީ ސަބަބުތަކާ ހުރެ މިއަދު އިސްތިއުފާ ދެއްވުމާ ވިދިގެންނެވެ.
އެނގުން މުހިންމު - ޒަރީރަކީ މި ސަރުކާރުގެ ތިން ވަނަ މާލީ ވަޒީރެވެ. މި ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރަކީ މުހައްމަދު ޝަފީގެވެ. އެ ފަހުން ދެން އެ މަގާމު އަދާކުރެއްވީ ޒަމީރު އެވެ.
ކޮމެންޓް (1)
ތެފައާސާ.