ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ފޮޓޯ/ރައީސް އޮފީސް)

މޫސާ ޒަމީރު

މާލީ ވަޒީރު ޒަމީރު އިސްތިއުފާ ދެއްވައިފި

ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަކާ ގުޅިގެން
11 ގަޑިއިރު ކުރިން
1

މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވަޒީރުކަމުން އިސްތިއުފާ ދެއްވައިފި އެވެ. 

ވީ ކިހިނެއް؟ - އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް މުހައްމަދު މުއިއްޒަށް މިއަދު ފޮނުއްވާފައިކަން ވަނީ ޔަގީންވެފަ އެވެ. އަދި ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ވެސް ވަނީ ޒަމީރު އިސްތިއުފާ ދެއްވާފައިވާކަން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ޔަގީންކަން ދެއްވައިފަ އެވެ. 

ތަފްސީލް - ޒަމީރު އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ. މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް ވެސް ކުރައްވައިފަ އެވެ. 

ފާހަގަކޮށްލެވޭ - ޒަމީރުގެ ވަޒީރުކަމުގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިފަހުގެ ތާރީހެއްގައި ރާއްޖެއިން ދައްކަން ޖެހުނު އެންމެ ބޮޑު ބޭރުގެ ދަރަނި 500 މިލިއަން ޑޮލަރުގެ ސްކޫކް ދައްކާ ހަލާސްކުރުމެވެ. އެއީ، 525 މިލިއަން ޑޮލަރެވެ. 

އެކަމާ ވިދިގެން މާލީ ހާލަތު ވަޒަންކުރާ ބައިނަލްއަގުވާމީ ރޭޓިން ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ސީސީ އިން ސީސީސީމައިނަސް އަށް މިދިޔަ ހަފްތާ މަތިކޮށްފަ އެވެ. އޭގެ ސަބަބަކީ ރާއްޖެއިން ބޮޑު ދަރަންޏެއް ދައްކައި ދުނިޔޭގެ މާލީ ބާޒާރުގެ އިތުބާރު ހޯދާފައިވުން ކަމަށް ފިޗުން ފާހަގަކޮށްފައިވެ އެވެ. 

އެނގުން މުހިންމު - ޒަމީރު ވަޒީރުކަމުން އިސްތިއުފާދެއްވި އިރު އޭނާ އަކީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އެވެ. އަދި އޭގެ އިތުރުން އިރާން ހަނގުރާމައާ ވިދިގެން އުފައްދާފައިވާ ހާއްސަ ވަޒީރުންގެ ކޮމިޓީގެ ޗެއާއަކީ ވެސް އޭނާ އެވެ. 

ކޮމެންޓް (1)

profile-image-placeholder

ކޮސް

8 ގަޑިއިރު ކުރިން
މިއަހަރު ނިމޭއިރު ޑރ.މުއިއްޒުވެސް އިސްތިއުފާ ދެއްވަފާނެ.!!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް