ފުލުހުންތަކެއް މަގުމަތީ ހަރަކާތްތެރިވަނީ (ދައުރު ފައިލް ފޮޓޯ/މުޒައްޔިން ނާޒިމް)

ފުލުހުން

ކުރީގެ އަނބިމީހާ ވިއްކާލާނެ ކަމަށް ބުނެ ފިރިހެނަކު ބިރުދެއްކި މައްސަލައެއް ފުލުހަށް

ފުލުހުން ބުނިގޮތުގައި މިއަދު ހެނދުނު ހުޅުމާލެއިން ހުށަހެޅި އެ މައްސަލައިގައި ޖިންސީ ގޯނާގެ ތުހުމަތެއް ނުހިމެނޭ

އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ، އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދެއްކި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ތަފްސީލް - ފުލުސް އޮފީހުން ބުނިގޮތުގައި ހުޅުމާލޭ ފޭސް-2 ޕޮލިސް ސްޓޭޝަނަށް މިއަދު ހެނދުނު ހުށަހެޅި އެ މައްސަލައިގައި:

  • ޖިންސީ ގޯނާގެ ތުހުމަތެއް ނުހިމެނޭ

  • އަދި އަންހެން މީހާ އެހެން މީހަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ މުއާމަލާތެއް ހިންގާފައިވާ ކަމުގެ ތުހުމަތެއް ވެސް ނުހިމެނޭ

އެކަމަކު އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.

އެނގުން މުހިއްމު - އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށް އޭނާގެ ނުރުހުމުގައި ހަށިވިއްކުވާ މައްސަލައެއް ވެސް މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެކަމުގައި ހިމެނެނީ ބަންގްލަދޭޝްގެ ދެމަފިރިއެކެވެ.

ކޮމެންޓް (1)

އަސްލުވެސް

6 ޖޫން 2026
ދިވެހި ރާއްޖެއަށް އާ ވައްތަރެއްގެ ކުށެއް ތައާރަފްވީ.. މީހުން އަތުންނާއި ، ބޭންކުތަކުން ލޯނު ނަގައި ނުދެއްކޭ ހިސާބަށް ގޮސްގެން މުޅި މީހާ އަތުން ފައިން ގޯސްއ ހެދޭ ހިސާބަށް ގޮސް އަނބިން ނާއި ދަރިން ވިއްކާ ހިސާބަށް ދަނީ.. މިގައުމު އެންމެ ރަނގަޅަށް ހިންގީ މައުމޫނު.. އަދަބު އަދަބަކަށް ވަނީ ވޭންއަޅީމައި
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް