އިޓަލީގެ ރައީސް ސާޖިއޯ މަަޓަރެއްލާ: ފިންލޭންޑުންގެ ތިން ޑައިވަރުންނަށް އެ ގައުމުގެ އެންމެ މަތީ ޝަރަފުވަނީ ދީފައި

ފިންލޭންޑުގެ ޑައިވަރުންނަށް އިޓަލީގެ އެންމެ މަތީ ޝަރަފު

މި ޝަރަފުގެ އެވޯޑު ދެއްވާފައިވަނީ އިޓަލީގެ ރައީސްގެ އަތްޕުޅުން

ރާއްޖޭގެ ކަނޑު އަޑީގެ ހޮހޮޅައަކަށް ގެއްލުނު އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް ނެގުމުގައި ހަރަކާތްތެރިވި ފިންލޭންޑުގެ ޑައިވަރުންނަށް، އިޓަލީގެ ރައީސް އެގައުމުގެ އެންމެ މަތީ ޝަރަފްގެ އެވޯޑު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ގެއްލުނު އިޓަލީގެ ޑައިވަރުންގެ ހަށިތައް ހޮހޮޅައިން ނެގީ އެކަމާ ގުޅޭ ފިންލޭންޑުންގެ ތިން މާހިރުންނެވެ. އެ މީހުންނަކީ ހޮހޮޅައަށް ފީނުމާއި މީހުން ސަލާމަތް ކުރުމުގެ ނުރައްކާތެރި އޮޕަރޭޝަންތަކުގައި މީގެ ކުރިން ވެސް ހަރަކާތްތެރިވެފައިވާ ބައެކެވެ.

ތަފްސީލް - އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ، އެ ޑައިވަރުންނަށް ދެއްވީ އެ ގައުމުގެ މެރިޓްގެ ޝަރަފެވެ. އެއީ އާއްމުންގެ ބަޔަކަށް އެ ގައުމުން ދޭ އެންމެ މަތީ އެވޯޑެވެ.

މި އެވޯޑު ލިބުނު ފިންލޭންޑުންގެ ޑައިވަރުންނަކީ:

  • ސާމީ ޕާކަރިނެން

  • ޖެނީ ވެސްޓަލޭންޑް

  • ޕެޓްރިކް ގްރޮންކްވިސްޓް

އެ މީހުންނަށް މި އެވޯޑު ދީފައިވަނީ، އިޓަލީގެ ނޫސްތަކުން ބުނި ގޮތުގައި، މީހުންގެ ހަށިގަނޑުތައް ނެގުމުގައި ޑައިވަރުން ދެއްކި ހިތްވަރާއި ކުޅަދާނަކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެ އެވޯޑު ދީފައިވަނީ، މަރުވި އިޓަލީގެ ދެ މައިންގެ ޖަނާޒާ ބޭއްވި ދުވަހު އެވެ.

މަރުވި އެންމެންގެ ހަށިތައް މިހާރު އިޓަލީއަށް ގޮސްފައިވާއިރު އެންމެ ފަހުން ޖަނާޒާ ބާއްވާފައިވަނީ، ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ، މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ އަންހެންދަރިފުޅު ޖޯޖިއާ ސެމަކަލްގެ އެވެ.

އިޓަލީގެ ނޫސްތަކުން ބުނި ގޮތުގައި، އެ ޖަނާޒާގައި ދެހާހެއްހާ މީހުން ބައިވެރިވި އެވެ. އޭގެތެރޭގައި އެ ދެމައިންގެ އާއިލާ މީހުންނާއި ރަހުމަތްތެރިންގެ އިތުރުން އެ މީހުން ދިރިއުޅޭ ސަރަހައްދުގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

އެނގުން މުހިއްމު - ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީފްގެ އެންމެ ތަޖުރިބާކާރު ޑައިވަރުންގެ ތެރޭގައި ހިމެނޭ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ މަރުވެފަ އެވެ. މަހުދީ މަރުވުމުގައި އިހުމާލެއްވޭތޯ ބަލަން ދިވެހި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް (2)

އިޓަލީ

1 ޖޫން 2026
އެމަސައްކަތުގައި ނިޔާވި މަހުދީގެ މަސައްކަތް އިޓަލީއިން ބަލައިނުގަންނަނީ؟
1 1

މާރސެއިލްސް

1 ޖޫން 2026
@އިޓަލީ އެހެން މިހިތަށް އަރަނީ. އިޓަލީން ޤަބޫލުކުރަނީ ރާއްޖޭގެ އިހުމާލެއް ކަމަށް ކަންނޭގެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް