ތޮއްޑުއަށް ދަތުރުކުރި ލޯންޗުން ސަލާމަތްކުރި މީހުން އެއްގަމަށް ބާލަނީ (ފޮޓޯ/ޕޮލިސް)

ތޮއްޑުއަށް ދިޔަ ލޯންޗެއް ދިޔަވެ، އަޑިއަށް ދާތީ މީހުން ސަލާމަތްކޮށްފި

މި ލޯންޗުން 25 މީހުން ދަތުރުކުރި އިރު އޭގެ ތެރޭގައި، ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނޭ

މާލެއިން ފުރައިގެން ތޮއްޑުއަށް ދިޔަ ލޯންޗެއް، ދިޔަވެ އަޑިއަށް ދާތީ ފުލުހުން ގޮސް އޭގައި ތިބި ދަތުރުވެރިން މިއަދު ސަލާމަތްކޮށްފި އެވެ.

ވީ ކިހިނެއް؟- ފުލުހުން ބުނީ 'ރިލެކްސް އައިޝާ' ކިޔާ އެ ލޯންޗުން މިއަދު ހަވީރު 25 މީހުން ދަތުރުކުރި ކަަމަށެވެ. އެ އެންމެން ވެސް ރައްކާތެރިކަމާ އެކު މާލެ ގެނެސްފައިވާ ކަމަށް ބުންޏެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިއްބެވެ.

މިއަދު ހެނދުނު ތޮއްޑުއަށް ދިޔަ ލޯންޗެއް ވެސް ކަނޑު ގަދަވެ، ދަތުރުކުރަން ޖެހުނީ ބިރުވެރިކަމެއްގަ އެވެ.

އެނގުން މުހިއްމު- މިދުވަސްވަރު މޫސުން އޮތީ ވަރަށް ބޮޑަށް ގޯސްކޮށްލައިފަ އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނިގޮތުގައި ކުރިއަށް އޮތް ފަސް ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ އެވެ.

އެހެންވެ، އީދު ބަންދަށް ގިނަ ބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ، މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް