މިދިޔަ އަހަރު ހައްޖަށް ދިޔަ، ދިވެހި ހައްޖުވެރިން އަރަފާތު ބިމުގައި: ހައްޖުވެރިން މިރޭ މިނާއަށް ފުރަން ފަށާނެ ކަމަށް މިނިސްޓްރީން ބުނޭ (ފޮޓޯ/ހައްޖު ކޯޕަރޭޝަން)

ދިވެހި ހައްޖުވެރިން މިނާއަށް ފުރަން ފަށައިފި

މިނިސްޓަރު ޝަހީމް ވިދާޅުވީ ތާރީހުގައި ނުލިބޭ ފަދަ ހިދުމަތްތައް ދިވެހި ހައްޖުވެރިންނަށް މި އަހަރު ލިބޭނެ ކަމަށް

ރާއްޖޭން މި އަހަރު ހައްޖަށް ދިޔަ ހާހަކަށް ވުރެ ގިނަ މީހުން މިރޭ މިނާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިރޭ 9:30އިން ފެށިގެން ދިވެހި ހައްޖާޖީން މިނާއަށް ދާން ފުރާނެ ކަމަށެވެ. އަދި މާދަމާ ރޭ އަރަފާތަށް ދިޔުމަށް ދަތުރުފަށާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭން މިއަދު ހައްޖަށް ދިޔަ އެންމެންގެ ވެސް ހާލު ރަނގަޅެވެ.

ޝަހީމް ވިދާޅުވީ ދިވެހި ތާރީހުގައި ވެސް ދިވެހި ހާޖީންނަށް ލިބޭނެ އެންމެ މަތީ ހިދުމަތާއި އެހީތެރިކަން ހައްޖު ކޯޕަރޭޝަނުން މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން މިނާ އާއި އަރަފާތުގެ އިންތިޒާމުތައް ވަރަށް ފުރިހަމައަށް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.

ހައްޖުގެ ދަތުރުގައި މިނާގައި ރޭކުރަން ޖެހޭއިރު ދަތުރުމަތީގެ އެންމެ ބޮޑު ތަކުލީފެއް ވެސް އުފުލަން ޖެހެނީ އެތަނުގަ އެވެ. އެކަމަކު މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ، އެތަނުގައި ދިވެހިން ތިބޭ ސަރަހައްދު ބަދަލުކޮށް، ކެޓަގަރީ މަތިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް