މާލޭ ގެއެއްގައި ރޯކޮށްލިކަމަށް ތުހުމަތުވާ ޝަހްބާން: އޭނާ ފިލައިގެން އުޅެނިކޮށް މިއަދު ވަނީ އަލުން ކަރެކްޝަންސްއާ ފުލުހުން ހަވާލުކޮށްފައި

ފުލުހުން

ޝަހުބާން ފިލައިގެން އުޅެނިކޮށް ހޯދައި އަލުން ޖަލަށް ލައިފި

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މި ގައިދީ ފިލާފައިވަނީ ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ހުއްޓާ

މާލޭ ގެއެއްގެ ރޯކޮށްލި ކަމުގެ ތުހުމަތު އަމާޒުވާ ގައިދީ، ފިލައިގެން އުޅެނިކޮށް ފުލުހުން މިއަދު ހޯދައިފި އެވެ.

ވީ ކިހިނެއް؟ - ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދަނިކޮށް ފިލާފައި ވަނީ، ހުސައިން ޝަހްބާން، ލ. މައިބައިދޫ/ ޝަބްނަމް ހައުސް އެވެ.

ޝަހްބާން އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ، މިދިޔަ މާޗް މަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގ. ހިޔާރޯދި ގޭގައި ރޯކޮށްލި ތުހުމަތުގަ އެވެ. އެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އޭނާގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.

ތަފްސީލު -  ފުލުހުން ބުނީ، މިއަދުގެ ވަގުތެއްގައި ޝަހްބާން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކަރެކްޝަންސްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ކަރެކްޝަންސްއިން މިއަދު ބުނި ގޮތުގައި ޝަހްބާން ފިލާފައި ވަނީ، އަވަސް ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި ހުއްޓާ ކަމަށެވެ. އޭނާ ފިލީ ކިހިނެއްކަމެއް ސާފެއް ނޫނެވެ.

އެނގިފައިވާ ގޮތުގައި އޭނާ ތަންފީޒު ކުރަމުންދިޔަ ހުކުމަކީ، އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަން ކަމުގެ ދައުވާ ސާބިތުވެ، އިއްވާފައިވާ ހުކުމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް