އިޓަލީގެ ފަސް ޓޫރިސްޓުން ތާށިވި 60 މީޓަރު އަޑީގައި ހުރި ކޭވް؛ މިއީ ރެކްރިއޭޝަނަލް ޑައިވްތަކަށް ފީނުން ހުއްދަ އޮންނަ ތަނެއް ނޫން(ފޮޓޯ/ޝަފްރާޒް ނައީމް)

މީހުން ހޯދުމުގެ އޮޕަރޭޝަނަށް ބޭރުގެ 3 ޑައިވަރުން އަތުވެއްޖެ

އެ މީހުންގެ ތެރޭގައި ކޭވް ޑައިވިންއަށް ހާއްސަ މާހިރެއް ވެސް ހިމެނޭ

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ މީހުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލޭންޑުންގެ ތިން ޑައިވަރުން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ، 44، ވަނީ އިއްޔެ ނިޔާވެފަ އެވެ.

އެއާއެކު، ސިފައިންގެ އޮޕަރޭޝަން ވަނީ މިވަގުތަށް މެދުކަނޑާލައިފަ އެވެ.

ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނަށް ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން، އެކަމަށް ބޭނުންވާ ސާމާނާ އެކު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި:

  • ރާއްޖެއައި ޑައިވަރުންގެ ތެރޭގައި ކޭވް ޑައިވިންއަށް ހާއްސަ އެކަމުގެ މާހިރެއް ވެސް ހިމެނޭ 

  • މި ތިން ޑައިވަރުން ވެސް މަސައްކަތް ކުރަނީ އިޓަލީގެ ކުންފުންޏެއްގައި

  • ޑައިވަރުން ގެނައީ އިޓަލީގެ ސަރުކާރުން ހުށަހަޅައިގެން

  • އެ މީހުން މަސައްކަތް ކުރާނީ އެމްއެންޑީއެފްއާ އެކުގައި

މުހައްމަދު ހުސެން ޝަރީފް އިއްޔެ ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނަށް އިޓަލީ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާގެ ސަރުކާރުތަކުން ވެސް ފަންނީ އެހީ ފޯރުކޮށްދޭނެ އެވެ.

އެނގުން މުހިންމު - ވ. އަލިމަތާ ކައިރިން، އިޓަލީގެ ފަސް ޑައިވަރުން ފީނާފައިވަނީ، ރާއްޖޭގެ ގަވައިދުގައި އޮންނަ ފުންމިނަށް ވުރެ މާފުނަށް، 60 މީޓަރު އަޑީގައި އޮންނަ ކޭވް އަކަށެވެ. ގަވައިދުގައި އޮންނަ ގޮތުން، އެންމެ ފުނަށް ފީނޭނީ 30 މީޓަރަށެވެ.

ކޮމެންޓް (1)

އަޙްމަދު

17 މޭ 2026
މި ރާއްޖޭގައި މިފަދަ ޑައިވަރުން ތަމްރީނު ނުވަނީ ކީއްވެބާ؟ ގައުމައިގެން ނޫޅޭ ސިޔާސީ ކަންކަމަށް ޚަރަދު ކުރާތީ ބާ؟
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް