ކަނޑުއަޑީ ހޮހޮޅައެއްގައި ތާށިވެފައިވާ އިޓަލީގެ ހަތަރު ޓޫރިސްޓަކު ހޯދުމުގެ އޮޕަރޭޝަންގައި ފީނަމުން ދަނިޖކޮށް މަރުވެފައި ވަނީ އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ

ބްރޭކިންގް

ގެއްލުނު ޑައިވަރުން ހޯދަން ފީނި ސިފައިންގެ މީހަކު މަރުވެއްޖެ

ސިފައިންގެ މީހާ މަރުވީ އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް

ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލިފައިވާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ސިފައިންގެ ޑައިވަރެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - ވ. އަލިމަތާ ޑައިވް ޕޮއިންޓް ކައިރީ ކޭވްއަކަށް މިދިޔަ ބުރާސްފަތި ދުވަހު ފީނަނިކޮށް ގެއްލިފައިވާ އިޓަލީގެ ހަތަރު ޓޫރިސްޓުން ހޯދަން ފީނަމުން ދަނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ސިފައިންގެ މީހާ މަރުވީ މީގެ އިރުކޮޅެއް ކުރިންކަން 'ދައުރު'އަށް ވަނީ ކަށަވަރުކުރެވިފަ އެވެ. 

  • ޑީކޯ ވުމަކީ މޫދު އަޑިން މައްޗަށް އަރާއިރު ޕްރެޝަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ނުރައްކާތެރި ހާލަތެއް 

  • މާލޭގައި ޑީކޯ ޗެމްބަރެއް ހުންނަނީ އޭޑީކޭގައި 

ތަފްސީލް - މަރުވެފައި ވަނީ އެމްއެންޑީއެފްގެ ތަޖުރިބާކާރު ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އެނގިފައިވާ ގޮތުގައި ސިފައިންގެ މިހާ، ޑީކޯ ވުމާއެކު އިތުރު ފަރުވާ ދިނުމަށް ވަގުތުން މާލެ ގެނެސް އޭޑީކޭއަށް ގެންދިޔަ އެވެ. 

ކޮމެންޓް (3)

ދެރަކަމެއްމިވީ

16 މޭ 2026
މިބޭފުޅާގެ ހުރިހާފާފަފުއްސަވާ ސުވަރުގެ މިންވަރުކުރައްވާށި. އާމީން. ދެރައީ 60 މީޓަރ އައް ސިފައިން ފޮނުވަން އުޅުން. މިވަގުތު ރާއްޖޭގަ ނެއް މިކަންކުރެވޭކަށް. ސަރުކާރުގެ ފެއިލިޔާއެއްމީ. ގަސްތުގަ ސިފައިންނަން ދިން އަނިޔާއެއްމީ.
3 0

މުޙައްމަދު

16 މޭ 2026
"މަރު ވެއްޖެއެވެ" ؟؟ އެބޭފުޅާ ޝަހީދުވީ އިންޝާ ﷲ!! އެހެން ބައެއްގެ ހަށިގަނޑު ހޯދުމަށް ، ޤައުމީ ޚިދުމަތުގައި އެބޭފުޅާ ޝަހީދުވީ....:(
4 0

ސިކުނޑި

16 މޭ 2026
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ - މައްޔިތާގެ ފާފަ ފުއްސަވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް