ރަަށެއްގެ ގެސްޓް ހައުސެއްގެ ޑައިވިން ދޯންޏެއްގައި ކަނޑުމަތީގައި މަޑުކޮށްލައިގެން. (ދައުރު ފައިލް ފޮޓޯ)

ބްރޭކިންގް

ޑައިވިނަށް ދިޔަ 4 މީހަކު ގެއްލި، އެކަކު މަރުވެފައި އޮއްވާ ފެނިއްޖެ

ފަސް މީހުން ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:45ގައި

ވ. އަތޮޅުގައި ސަފާރީއަކުން ޑައިވިނަށް ގޮސް އުޅުނު ހަތަރު މީހަކު ގެއްލި، އެކަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - އިޓަލީއަށް ނިސްބަތްވާ އެ ފަސް މީހުން ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 1:45ގަ އެވެ. އެ މީހުން ފެނުނުއިރު މަރުވެފައިވާކަން ފުލުހުން ފުރަތަމަ ކަށަވަރުކޮށްދިނެވެ. ނަމަވެސް ފަހުން ބުނީ އެހެން މީޑިއާއަށް މައުލޫމާތު ދެވުނީ މައުލޫމާތު ފުލުހުންނަށް ފޯރުކޮށްދިން ފަރާތުން އެރި އޮޅުމަކުން ކަމަށެވެެ.

ފުލުހުން ވ. އަތޮޅުގެ ފަރާތްތަކާ ހަވާލާދީ މިހާރު ބުނަނީ އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަރުވެފައި އޮއްވައި ފެނުނީ އެކަކު ކަމަށެވެ.

ނޯޓު: މި ހަބަރު ފުރަތަމަ ގެނެސްދިން އިރު ފަސް މީހަކު މަރުވި ކަމަށް ރިޕޯޓް ކުރެވުނީ ފުލުހުން އެ ގޮތަށް މައުލޫމާތު ދިނުމުންނެވެ. އެ ކުށަށް މައާފަށް އެދެމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް