ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފި

މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ވަނީ ނިންމާފައި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް މަޖިލީހުގެ އިދާރާއަށް ގަރާރެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ވަނީ ނިންމައިފަ އެވެ.

ތަފްސީލް - މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ ގަރާރެއް އެ އިދާރާ އަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ޕީއެންސީ ޕީޖީން ނާޒިމް ވަކިކުރަން ނިންމާފައި ވަނީ، ރައީސް މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އެ މަނިކުފާނު އޭނާ ބޭރުކޮށްލައްވާފައި ވަނިކޮށެވެ. އޭގެ ސަބަބެއް ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި، ނާޒިމް ވަކިކުރުމުގެ މަޝްވަރާތަކެއް ފެށީ އޭނާ މަޖިލިސް ތެރެއިން ރައީސް މުއިއްޒާއި ސަރުކާރާ ދެކޮޅަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ބުނެ އެވެ. 

ނާޒިމްގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ވައްދާފައިވާއިރު މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، އެ ގަރާރު މަޖިލީހަށް ލިބޭތާ ގިނަވެގެން ތިން ދުވަހުގެ ތެރޭ އެ މައްސަލައިގެ ނޯޓިސް އަމީން އާންމު ދޭން ޖެހެ އެވެ.  

ކޮމެންޓް (2)

ކޮމޮޑަސް

14 މޭ 2026
ރައްޔިތުންގެ މަޖިލީހުގައި، ރައްޔިތުން ތަމުސީލުކުރަން ތިބޭ ރައްޔިތުންގެ މަންދޫބުން، ރައްޔިތުންނަށް ސިއްރުން ކުރަންޖެހޭނެ އެއްވެސްކަމެއް ނޯންނާނެއެވެ. ނާޒިމަށް އޮތް އިތުބާރު ގެއްލުނީ ކީއްވެތޯ ރައްޔިތުންނަށް ބުނެނުދީ، އޭނާ އެ މަގާމުން ވަކިކުރުން ވާނީ ޑިމޮކްރަސީއާއި އިންތިހާއަށް ގަރީބުކަމަކަށެވެ. ކުޑަމިނުން އޭނާއަށް ޖާވުބުދާރީވާން ފުރުސަތު ދޭނެކަމަށް އުންމީދުކުރަމެވެ. އެއީ އަހަންނަށް މާ ކަމުދާ މީހެއްނޫނެވެ. އެކަމަކު، މިސަރުކާރާއި އަދި ޕީއެންސީ މަޖިލިސް މެންބަރުންނަކީ “ރޫލް އޮފް ލޯ”ގެ މާ ބޮޑު ބައެއް ކަމަށް ވާތީ، އެއީ ހަމަ ހަގީގަތުގައިވެސަ “ރޫލް އޮފް ލޯ” އޭގެ މައްޗަށް ބިނާވާ އިންސާފާއި ހަމަހަމަކަން ދަންނަ ބައެއްނަމަ - މިކަހަލަ ކޮސްކަންކަމެއް ނުކުރާނެއެވެ.
1 0

ސިކުނޑި

14 މޭ 2026
ފަލާހު ފުރަތަމަ ދުވަހު ނޫނެކޭ ބުނިގޮތުންވެސް އިނގޭ މިކަން ކުރާނެކަން! ޕީއެންސީއަކީ ޕީޕީއެމްއަށް ވާންއުޅެ ނުވެވިގެން ގަނަތެޅޭ ބައިގަނޑެއް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް