ކުޅުދުއްދުފުށީގައި މީގެ ކުރިން ބޭއްވި މަށިމާލި ޕެރޭޑެއްގެ ތެރެއިން: މި ފަހަރު ގަވައިދު ވަނީ ހަރުކަށިކޮށްފައި (ފޮޓޯ/ނާޒިމް ހަސަން)

ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ މަށިމާލި ޕެރޭޑް: މީހުންގެ ފޮޓޯ އާއި ނަން ބޭނުންކުރުން މަނާކޮށްފި

އެ ރަށުގެ މަޝްހޫރު މަށިމާލި ޕެރޭޑުގައި ބައިވެރިކުރެވޭނީ އިސްލާމްދީނާ ފުށުނާރާ، އާއްމު އިޖުތިމާއީ މިންގަނޑަށް ފެތޭ މާލި ކަމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އަންގާފައި

ކުރިއަށް އޮތް ބޮޑު އީދުގައި ހދ. ކުޅުދުއްފުށީގައި ބާއްވާ މަށިމާލި ޕެރޭޑުގައި ބައިވެރިކުރެވޭނީ އާއްމު އިޖްތިމާއީ މިންގަނޑާ އެއްގޮތަށް ހުންނަ މާލި ކަމަށް އެ ރަށު ކައުންސިލުން އަންގައިފި އެވެ.

ވީ ކިހިނެއް؟ - އީދުގެ އުފާ ފާޅުކުރުމުގެ ތެރެއިން ކޮންމެ އަހަރަކު ވެސް ކުޅުދުއްފުށީގައި ބާއްވާ މަށިމާލި ޕެރޭޑަކީ އެ ރަށުގެ އިތުރުން ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ކުޅިވަރެކެވެ. މި ޕެރޭޑުން އާއްމުކޮށް ފެންނަނީ ރާއްޖޭގައި އެ ވަގުތަކު ހިނގަމުންދާ ބޮޑެތި މައްސަލަތަކާއި ސިޔާސީ ކަންކަމަށް ޖޯކުޖަހައި ހަދާފައި ހުންނަ މާލިތަކެވެ. 

އެހެންވެ، ގިނަ ބައެއްގެ ސަމާލުކަމާ އެކު ފާޑުކިޔުން ވެސް ކޮންމެ އަހަރަކު މި ޕެރޭޑަށް އަމާޒުވެ އެވެ.

ތަފްސީލް - މި މަހު ފަހުކޮޅު ފާހަގަކުރާ ބޮޑު އީދުގެ މަށިމާލި ޕެރޭޑުގައި ބައިވެރިވުމުގެ ފުރުސަތު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހުޅުވާލައި ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް މި ފަހަރު ވަނީ ފާހަގަކޮށްފަ އެވެ. އެއީ:

  • އާއްމު އިޖްތިމާއީ މިންގަނޑަށް ފެތޭ ގޮތަށް މާލިތައް ބެހެއްޓުން

  • އިސްލާމް ދީނާ ފުށުނާރާގޮތަށް މާލިތައް ހެދުން

  • މީހުންގެ ފޮޓޯ އާއި ނަން ބޭނުންކުރުމަކީ މަނާ ކަމެއް

ކައުންސިލުން ބުނިގޮތުގައި ބައިވެރިކުރާ މާއްޔަކަށް ޒިންމާވާން ޖެހޭނީ އެ ބައިވެރިކުރި ފަރާތަކުންނެވެ.

ނަމަވެސް މަށިމާލި ޕެރޭޑުގައި ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން ވަނީ ހިތްވަރުދީފަ އެވެ.

"ކުދިބޮޑު އެންމެހާ މާލިތައް ބައިވެރިވުން އެދެން،" ކައުންސިލްގެ އެންގުމުގައި ބުނެފައިވެ އެވެ.

ގުޅުންހުރި - ކުޅުދުއްފުށީ ކައުންސިލުން މިގޮތަށް އެންގި އިރު، މި ވަގުތު އެންމެ ބާރަށް ދެކެވެނީ ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން އުފެއްދި ޑޮކިއުމެންޓްރީގެ ވާހަކަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ވަނީ އެ ކޯޓުގައި މިހާރު އޮތް އެ މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް، ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށްފަ އެވެ.

ކޮމެންޓް (2)

ކުރިކީލަ

12 މޭ 2026
ނަޝީދު ފާޅުގައި އެވިދާޅުވީ ބޯނުލަބާނަމޭ. ނުކެރޭނެ ނަޝީދާ ކުޅޭކަށް.ކުޅެފިއްޔާ ވަނދު ބަނބުކޭލެއް ވެއްޓޭހެން ވެއްޓޭނީ. މަނުބުނަމެއްނު އިތުރު މީހެއްގެ ނަމެއްދޯ!
0 1

މަނާޖުބޭ

12 މޭ 2026
ހަޖަމް ކުރަން ދަސްކުރޭ! އޭރު ނުކުރި ކަމެއް މިހާރު ނުކުރާނެ. މައްސަލައަކީ، ވަކި މީހަކުވީމާ ނަމަ، އެއީ ވަރަށް ދެރަވަރު. "މޯދީ" މާލި މަތިން ހަނދާންވަނީ އެއިރު އެމީހުނާއެއްކޮށް އަތްޖަހަން ތިބިބަޔަކު މިހާރު ވެރިންނަށްވީމާ، އެފަދަ މަލާމާތަށް ރެކެން ކުރާ މަސައްކަތް. ދައްކަވަން ހުރި ތަނެއް ދައްކަވާނެ.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް