ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލިސް ރައީސްއަކަށް ހުންނެވިއިރު އޭރު އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުއާއެކު މަޖިލިސް އިދާރާގައި ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (މިހާރު ފައިލް ފޮޓޯ/ ފަޔާޒު މޫސާ)

ރައީސް މުއިއްޒަކީ %30؛ އެމްޑީޕީއަށް ހާރިޖީ ސިޔާސަތަށް ފާޑުކިޔޭނެ: ނަޝީދު

އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީ އާއި ލޯން ސަރުކާރުން ބޭނުންކުރާން ޖެހޭނީ ޒިންމާދާރުކަމާ އެކު ކަމަށް ނަޝީދު ވިދާޅުވި

މިއީ މިދިޔަ ހިޔާލު ހޯދުމުގެ ވޯޓުން %30 ތާއީދު ލިބިވަޑައިގެންނެވި ރައީސް މުހައްމަދު މުއިއްޒުގެ ރާއްޖެއެއް ނޫން ކަމަށާއި ވާދަވެރި ޕާޓީތަކަށް ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ވެސް ފާޑުކިޔޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަވައްޓެރި އިންޑިއާ ހިމެނޭ ގޮތަށް ބޭރު ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދޭ މާލީ އެހީ އާއި ލޯނު މި ސަރުކާރުން އިސްރާފުކުރަމުންދާ ކަމަށް ވިދާޅުވެ އިންޑިއާގެ ނޫހަކަށް ނަޝީދު އިންޓަވިއުއެއް ދެއްވާފައިވަނިކޮށް ފޮރިން މިނިސްޓްރީން އިއްޔެ ބަޔާނެއް ނެރުނެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ނަޝީދަށް ނުސީދާކޮށް ރައްދު ދެމުން ބުނެފައިވަނީ:

  • ދައުލަތުގެ އިސް މަގާމުތައް ކުރިން ފުރުއްވާފައިވާ ބޭފުޅުން މިފަދަ ކަންކަމުގެ ވާހަކަތައް ދެއްކުމަކީ އެކަމުން އަސަރުތަކެއް ކޮށްފާނެ ފަދަ ކަމެއް

  • މިފަދަ ވާހަކަތަކުން ނުކުންނަން ވާނީ ގައުމީ އެއްބައިވަންތަކަމާއި ރާއްޖޭގެ މުއައްސަސާތަކަށް އޮތް އިތުބާރު އިތުރުވުން ފަދަ، ރަނގަޅު ނަތީޖާއެއް

  • މިނިސްޓްރީން އިލްތިމާސްކުރީ ރާއްޖޭގެ ގައުމީ މަސްލަހަތާއި ހާރިޖީ ގުޅުންތަކަށް އަސަރުކުރާ ފަދަ ވާހަކަތައް ވީހާވެސް ފަރުވާތެރިކަމާ އެކު ދެއްކުމަށް

ފޮރިން މިނިސްޓްރީގެ ބަޔާނާ އެކު ނަޝީދު ވަނީ އެކްސްގައި އެ ވާހަކަތަކަށް ރައްދު ދެއްވައި ޕޯސްޓެއް މިއަދު ކުރައްވައިފަ އެވެ.

ތަފްސީލް - ނަޝީދު ވިދާޅުވީ ހާރިޖީ ސިޔާސަތު ހިމެނޭހެން ސިޔާސަތުތައް މުތޯލިއާކޮށް، ދެނެގަނެ، އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށެވެ.

"ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެ. %30އަށް ވުރެ ތާއީދު ދަށްކޮށް އޮތް [ރައީސް] ޑރ. މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން،" ނަޝީދު ލިއުއްވާފައިވެ އެވެ.

"އެކުވެރި ދައުލަތްތަކުން ދޭ މާލީ އެހީ އާއި ލޯން ސަރުކާރުން ބޭނުންކުރާން ޖެހޭނީ ޒިންމާދާރުކަމާ އެކު."

ފާހަގަކޮށްލެވޭ ކަމެއް - ސަރުކާރުން އިސްރާފުކުރަމުންދާ ކަމަށް ވިދާޅުވުމުގެ އިތުރަށް ނަޝީދު ވަނީ އިންޑިއާއިން ރާއްޖެ ވަޑައިގެން ދިވެހި ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވައި، ރާއްޖެ އާއި މޮރިޝަސްގެ ގުޅުން އަލުން ބަދަހިކުރުމަށް މަސައްކަތްކުރުމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

ކޮމެންޓް (8)

ފުލުސްކޯޓު

10 މޭ 2026
ސާބަހޭ ނަޝީދު ސައިޒުކޮށްފަ ބަހައްޓާ. ދެން ނެރޭނީ ކޯޓު އަމުރެއްކަން ނޭންގެ. ކޯޓުން ދައުލަތް ހިންގަން ފެށެނީ.
1 1

ކޮމޮޑަސް

10 މޭ 2026
މުއިއްޒުކަހަލަ މި ގައުމުގެ ހާރިޖީ ކަންކަން ބޮއްސުންދުއްވާލި މީހަކު އެހެންމީހުނާއި ދިމާލަށް އިނގިލި ދިއްކޮށް ދެކޮޅުނުޖެހޭ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ. ހުވާކުރި ރަސްމިއްޔާތުގައި ސައުދީ މަންދޫބަށް ކުޑައިމީސް ކުރުމާއި، ތުރުކީއަށް ބޭކާރު ހުށާމަދުކުރުމާއި، ފޭކު ޕްރިންސާއި، އިންޑިއާ އާއި ދިމާލަށް ބޭއަދަބީކޮށް ވާހަކަދެއްކުމާއި، އިނގިރޭސިވިލާތަށް ފޮނުވި ސިޓީތަކަށް އެވެރިން ޖަވާބުނުދިނުމާއި، އަދި މިފަހުން އެމެރިކާ އަދި އިރާން ހަނގުރާމައިގެ ހޫނުގައި އެމެރިކާ އާއި ބޭކާރުގޮތެއްގައި ލެޑިގަތުމަކީ މުއިއްޒުގެ ހާރިޖީ ލެގަސީއެވެ. އެހެންވީމާ، މިގައުމަށް އެންމެ ރަނގަޅުވާނީ ހާރިޖީވާހަކަ ދައްކަން ރައީސް ނަޝީދާއި އަދި ރައީސް ޔާމީނަށް ދޫކޮށްލުމެވެ. ސިޔާސަތުތަކުގައި ކިތަންމެބޮޑު ފަރަގެއްހުއްޓަސް އެ ދެމީހުނެއް ކޮސްވާހަކައެއް ނުދައްކާނެއެވެ. އަދި މުޅި ގައުމު އިސްކުރާނެއެވެ.
4 2

ހާރިޖީ އެނަލިސްޓް

10 މޭ 2026
@ކޮމޮޑަސް ތިޔަބުނި ކަންތައްތަކުގެ އިތުރަށް ހާރިޖީގޮތުން މުއިއްޒު އަޅާފައިވާ ބޯގަޅި ފިޔަވަޅުތަކުގެ ލިސްޓަށް އިތުރުކޮށްލަން އަހަންނަަށް ފެންނަ އިތުރު ބައެއްކަންކަން: ޗައިނާއަށް ގޮސްފައި ހުސްއަތާ އައުން (ލޯންތައް ރިފައިނެންސެއް ނުވަތަ ރިސްޓްރަކްޗަރއެއް ނުވި). ބޭރު ގައުމުތަކުގައި ބާއްވާ ނަތީޖާއެއް ނުނެރެވޭ “އިންވެސްޓްމަންޓް ފޯރަމްތައް”. އިންޑިއާ އައުޓަކީ ފޭކެއްކަން ބޭރު ގައުމެއްގެ އެހެންވެރިޔަކު މުއިއްޒު އޭނާ ގާތު އެހެން ބުނިކަމަށް ބުނެ މުޅި ދުނިޔެއަަށް ހާމަކުރުން (ރަނިލް). އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ކްލައިމެޓް ޗެންޖް ނަފީކޮށްފައި ފަހުން ކްލައިމެޓް ފައިނޭންސް ބޭނުންވެގެން ބޭރު ދުނިޔޭގައި ވާހަކަ ބަދަލުވުން. ފަހުރުވެރި އެސްޓޯނިއާ ދަތުރުފުޅު.
2 1

ކުރުޗީ

10 މޭ 2026
ރައީސް މުއިއްޒަކީ %30. މިހެން ކިޔައިގެން މީހުންގެ ސިކުނޑިއަށް މިކަން ވައްދަން އެންމެ ބޮޑަށް މަސައްކަތްކުރީ ކުރުސީއޭ ކިޔާ އެކައުންޓަކުން. ދެން ނަޝީދުގެ ދުލުން ހަމަ އެމޭރުމުން ހުއްޖަތު ދައްކަން އުޅޭ އުޅުމުންވެސް ކުރުސީ އެކައުންޓަކީ ނަޝީދު އަޑީގައި ހުރެގެން އޮޕަރޭޓްވާ އެއްޗެއް ކަމަށް ހެކިދޭ. ނަޝީދަކީ ސީދާ މުނާފިގެއް.
3 5

މަބުނީ

10 މޭ 2026
ކައުންސިލްތަކުގެ ގިނަގޮނޑިއާ ގިނަވޯޓު ލިބުނީ ތިޔަބުނާ %30 އަށް.
3 4

ހިމާރުލްގައުމު

10 މޭ 2026
ކަލޭ ތިއީ ކިތައް ޕަސެންޓު މީހެއް. ދިވެހިންގެ 90 ޕަސެންޓު މީހުންނަކީ އަމިއްލަ ސިކުނޑިން ނުވިސްނާ ބޮލަށް ސަވާރުވާން ފަސޭހަ ގަމާރުން ވީމަ ކަލޭގެ މޮޅު ވާހަކައިން ހެއްލިފަ ތިބީ. އެއީ އަތުން ފައިން މަސައްކަތެއް ނުކޮށް ހިލޭ އެއްޗެހި ދިނުމުގެ ސަގާފަތާ ފަތްބޯ މީހުންނަކީ ބަލި މީހުން ކަމާ މީހުންގެ އަބުރު ކަތިލުމަކީ މިނިވަން ކަމުގެ ސިފައެއް ކަމާ މިކަހަލަ ކަންތަކަށް ވަކާލާތު ކޮށްގެން. އަދި ސީރިއަސް މަސައްކަތެއ ނުކޮށް އާއްމުންގެ ތެރޭ ހޮޓާ ހޮޓަލުން އަނގަ ތަޅަމުން ދުވުމަކީ ދިވެހިން މާ ގަޔާވާ ކަމެއްވީމަ ކަލޭ އެކަންވެސް ވަރަށް މޮޅަށް ކުރޭ. ވެރިކަމަށް އާދެވުނީމަ ދައުލަތަށް ފައިދާވާ ހުރިހާ ކުންފުންޏެއް ވިއްކާލުން އެކަނިވެސް ކަލޭ ތިއީ ވެރިކަމަށް ކުފޫ ހަމަނުވާ މީހެއްް ކަމަށް ފުދޭ. މުޅި މިގައުމުގެ އެއްމެން ކެރަފާ ނަޝީދަށް ވޯޓު ދިނަސް މަށެއް ނުދޭނަން.
4 6

ކޮސް

10 މޭ 2026
@ހިމާރުލްގައުމު ޑިމޮކުރަސީގެ ފޮނިމީރުކަން ގެނައީ ނަޝީދު. މުއިއްޒު ، ދަގަނޑު ބަޅުކުރަން ޕީ.އެޗު.ޑީ ހެދުމަކީ ވެރިކަން ކުރެވޭނެ ކަމެއްނޫންކަން މިހާރު މުއިޒަށް ވިސްނޭނެ. ނަޝީދާއި އެއްހަމައަކަށް ސިޔާސީ ގޮތުން ނާދެވޭނެ.އިބޫ ފެންވަރުވެސް މުއިއްޒުގެ ނެތް. ޔާމީނުގެ ފެންވަރެއްވެސް މުއިއްޒުގެ ނެތް.
3 4

ޖަވާދު

10 މޭ 2026
@ހިމާރުލްގައުމު ނަސީދަކީ 70% އެއް ނޫން. އެއީ މިގައުމު ފުޑާލާފަ ހިނދުކޮޅުއް އައިސްގެން އިސްތިއުފާ ދީ ބަންދުގަހުއްޓާ ބަލިވީއޭކިޔާ ދޮގު ހަދާ މެޑިކަލް އަށް ރާއްޖޭން ބޭރަށް ފޮނުވީމަ ފިލާ ގޮޑިދުއްވަނި ކޮށް ފަޅާއެރި މީހެއް..
2 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް