ބަލި މިހާރު ފެތުރެމުންދާ އުޅަނދު އެމްވީ ހޮންޑިއުސް. މި އުޅަނދުން ތިން މީހަކު ވަނީ ބަލީގައި މަރުވެފައި (ފޮޓޯ/ގެޓީ އިމޭޖަސް)

އެޗްޕީއޭ

ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް ވަރަށް ކުޑަ: އެޗްޕީއޭ

އެޗްޕީއޭއިން ބުނީ މި ބަލީގެ ހާލަތު ޑަބްލިއުއެޗްއޯއާ ގުޅިގެން ބަލަމުންދާ ކަމަށް

ކްރޫޒްލައިނާއެއްގައި ހަންޓާވައިރަސް ފެތުރެމުންދާތީ ދުނިޔެ ސަމާލުކަމަށް އައިސްފައި އޮތް ނަމަވެސް އޭގެ ރިސްކު ރާއްޖެއަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

ވީ ކިހިނެއް؟- މީގެ މަސް ދުވަސް ކުރިން އާޖެންޓީނާއިން ފުރައިގެން ދަތުރުކުރަމުން ދިޔަ އެ އުޅަނދުގައި ބަލި ފެތުރި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އަދި ހަތަރު މީހަކު ވަނީ ފަރުވާ ދިނުމަށް އުޅަނދުން ބާލާފަ އެވެ.

ތަފްސީލް - އެޗްޕީއޭއިން ބުނީ މި ބައްޔާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) މެދުވެރިކޮށް، އެ އިދާރާއިން ހާލަތު މޮނީޓާ ކުރަމުންދާ ކަމަށެވެ.

އެތަނުން ބުނިގޮތުގައި:

  • މިހާތަނަށް ރާއްޖެއިން މި ބަލީގެ އެއްވެސް ކޭހެއް ނުވަތަ ބަލިޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައެއް ނުވޭ

  • ރާއްޖެއަށް ބަލީގެ ރިސްކު އޮތީ ވަރަށް ކުޑަކޮށް

އެޗްޕީއޭއިން ބުނީ މި ބަލީގެ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.

އެނގުން މުހިއްމު - ޑަބްލިއުއެޗްއޯއިން މިއަދު ވަނީ މި ބަލިން އާއްމުންނަށް އޮތް ނުރައްކާ ވަރަށް ކުޑަ ކަމަށް ބުނެފަ އެވެ. އެއީ އެ ބަލި ފެތުރެނީ، ވަރަށް ގައިގޯޅިވުމުން ކަމަށް ވާތީ އެވެ.

ނުރައްކާތެރި މި ބަލި އާއްމު ގޮތެއްގައި ފެތުރެނީ މީދަލުގެ ތެރޭގަ އެވެ. އިންސާނުންނާ ހަމައަށް ބަލި އަންނަނީ ނާދިރު ހާލަތެއްގައި ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް