ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން ލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުން (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-ލަންކާ

ލަންކާ ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ރައީސްގެ ލަންކާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ލަންކާއާ ދެމެދު 7 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު މާލެ ވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރައީސްގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ވަފުދެއް ލަންކާއަށް ވަޑައިގެންނެވީ އާދިއްތަ ދުވަހު އެވެ.

ތަފްސީލް - ރައީސްގެ ލަންކާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ލަންކާއާ ދެމެދު 7 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. 

މީގެ އިތުރުން ރައީސްގެ ދަތުރުފުޅުގައި:

  • ލަންކާގެ ރައީސްއާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވި

  • ބޮޑުވަޒީރު ހިމެނޭހެން އެ ގައުމުގެ އިސްވެރިންނާއި ބައްދަލުކުރެއްވި

  • ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ތައާރަފުކޮށްފައިވޭ

  • މިފްކޯގެ އުފެއްދުންތައް ލަންކާގައި ތައާރަފުކޮށްފައިވޭ

  • މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ބާއްވާފައިވޭ

  • ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވި

ފާހަގަ ކުރެވޭ - ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް މިދިޔަ ޖުލައި މަހު އެ ގައުމުގެ ރައީސް ޑިސަނާޔަކެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް