ޑޮކިއުމެންޓްރީ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު، ހުސެން ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، އީޝާ އަޝްރަފް ކައިރީގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ފުލުހުން

އީޝާއަކީ ވިކްޓިމެއް، ފެށިގެން ނިމެންދެން ކަން ހިނގި ގޮތް ތަފްސީލްކޮށް ކިޔައިދޭނެ: ޝަމީމް

އީޝާގެ ވަކީލު ވިދާޅުވީ ވަރަށް 'ބަދުނަސީބު' މި މައްސަލައިގައި ހިމެނެނީ ވަޒީފާގެ މާހައުލުގައި ވަރަށް އާއްމު، އެކަމަކު އެއްގޮތަކަށްވެސް ހިނގައިގެން ނުވާނެ ކަންކަން ކަމަށް

ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުކުރި އީޝާ އަޝްރަފަކީ ވިކްޓިމެއް ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުންދޭނެ ކަމަށް އޭނާގެ ވަކީލު ހުސެން ޝަމީމް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ މާޗު މަހު ފަހުކޮޅު އެ ޑޮކިއުމެންޓްރީ ނެރުނުތާ އެއް މަސް ފަހުން ފުލުހުން ތަހުގީގެއް ފަށައި އަދަދު ނޫހުގެ އިދާރާ ފާސްކޮށް އެތަނުގެ ކޮމްޕިއުޓަރު ސާމާނު ވަނީ ގެންގޮސްފަ އެވެ.

އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ އިތުރުން، މި ސަރުކާރުގެ ސިޔާސީ ވަޒީފާތަކެއް އަދާކޮށްފައިވާ އީޝާގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފަ އެވެ

އެ ތަހުގީގުގައި ސުވާލުކުރުމަށް ފިޔާޒާއި ހަސަން މީގެ ކުރިން ހާޒިރުކުރުމުން އެ ދެ ނޫސްވެރިން ވަނީ ހަނުހުރުމުގެ ހައްގު ބޭނުންފަ އެވެ. އީޝާ ފުލުހަށް ހާޒިރުކުރީ މިރެ އެވެ.

ތަފްސީލް - އީޝާއާ ސުވާލުކުރި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވީ އީޝާ ހަނުނުހުރެ، ކަން ހިނގައިދިޔަ ގޮތް ފުލުހުންނަށް ކިޔައިދޭނެ ކަމަށެވެ.

"އީޝާއަކީ މި މައްސަލައިގައި ވިކްޓިމްއެއް. ދެން ވިކްޓިމްއަކަށް ވީގޮތް އަޅުގަނޑުމެން ވަރަށް ތަފްސީލުކޮށް ފަހުން ކިޔައިދޭނަން. މި ވަގުތު އަޅުގަނޑުމެން މިދަނީ ފެށުނީއްސުރެ ނިމެންދެން، އެކަން ހިނގައިދިޔަ ގޮތް ފުލުހުންނަށް ކިޔައިދެމުން،" ޝަމީމް ވިދާޅުވި އެވެ.

'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާ އަޝްރަފު ފުލުހަށް ހާޒިރުކުރުން (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)
'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާ އަޝްރަފު ފުލުހަށް ހާޒިރުކުރުން (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

އެ މައްސަލައިގައި ވަކާލާތު ކުރައްވާ އީޝާގެ އަނެއް ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ އީޝާގެ މައްޗަށް ތުހުމަތުކުރީ، ޑޮކިއުމެންޓްރީއިން ފެންނަނީ އޭނާކަން އެނގިގެންތޯ ނޫނީ ރައްދުވާ ފަރާތުން އެކަހަލަ ވާހަކައެއް ބުނެގެންތޯ ފުލުހުން ގާތު އެހި ކަމަށެވެ. ޖަވާބެއްގެ ގޮތުގައި ފުލުހުން ބުނީ "އެކަމާ ގުޅޭގޮތުން ހެއްކެއް ލިބިފައި އޮތުމުން" ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެއީ ކޮން ބާވަތެއްގެ، ކިހިނެއް ލިބުނު ހެއްކެއް ކަމެއް ނުބުނޭ. ކިތާބީ ހެއްކެއް ކަމެއް، ވީޑިއޯ ހެއްކެއް ކަމެއް، ނޫނީ ސިއްރު ހެއްކެއް ކަމެއް ނުބުނޭ،" ފަރީދު ވިދާޅުވި އެވެ.

'އަދަދު' ނޫހުގެ ޑޮކިއުމެންޓްރީ މައްސަލައިގައި އީޝާ އަޝްރަފު ފުލުހަށް ހާޒިރުކުރުން (ދައުރު ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަމީމް ވަނީ މިއީ ވަރަށް "ބަދުނަސީބު" ގޮތަކަށް ހިނގައި ދިޔަ ކަމެއްކަން ފާހަގަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ:

  • ވަޒީފާގެ މާހައުލުގައި މިކަހަލަ ކަންކަން ވަރަށް އާއްމު ކަމަށް

  • މިއީ އެއްގޮތަކަށްވެސް ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށާއި ބޭނުންވެވަޑައިގަންނަވަނީ މިކަހަލަ ކަންކަން ހުއްޓެން ކަމަށް 

"އެހެން މީހުންނަށް ވެސް އެނގެންވީ މިކަހަލަ ސަކަރާތް ނުޖަހަން. ވަކި ކަހަލަ ކަންކަން ހުންނާނެ ކުރަންވާ ކަންކަމާއި ނުކުރަންވާ ކަންކަން،" ޝަމީމް ވިދާޅުވި އެވެ. 

ޑޮކިއުމެންޓްރީ މައްސަލައިގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު، ހުސެން ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، އީޝާ އަޝްރަފް ކައިރީގައި މަޑުކޮށްލައިގެން (ފޮޓޯ/މުހައްމަދު އަޝްހަލް ސައީދު)

މި މައްސަލައިގެ ތަހުގީގު މިރޭ ދިގުލައިގެންދާތީ، އީޝާގެ އެދުމަށް މާދަމާ ދެން ކުރިއަށް ގެންދިޔުމަށް ފަސްކޮށްފައިވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.

އެނގުން މުހިންމު - މި ސަރުކާރުގައި ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުއްޓައި އެހެން ދެ މިިނިސްޓްރީއަކަށް ބަދަލުކޮށް، ފަހުން އީޝާ ވަނީ ސަރުކާރުން ވަކިކޮށްފަ އެވެ. އޭނާ އާއި ފިޔާޒު އަދި ހަސަންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުނީ އަންނަ 26 ޖުލައިގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތަށެވެ.

ކޮމެންޓް (5)

ދޮރު

6 މޭ 2026
ސުވާލަކީ ލޯބިވެރިން ކުރާކަހަލަ ކަންކަން ކުރީމޭ ބުނުމުން އެއީ ޒިނޭކަމަށް ގަޒުފު ކަމަށް ނިންމާނީ ކިހިނެތްހޭ. މިހާރުގެ މުޖުތަމަށް ބަލާއިރު ލޯބިވެރިން ކުރާ ކަންމޭ ބުނުމުން ޒިނޭ ކުރިކަމަށް ނުބެލިވެސް ހިނގައިދާނެއެވެ. ރައީސްއާ ލޯބީގެ ގުޅުމެއް ބޭއްވުމަކީ ކުށެއްބާ؟ އިސްލާމީ ނަޒަރިއްޔާގެ ގޮތަކުން ނޫން.
4 3

ސިކުނޑި

6 މޭ 2026
ދިވެހިން މިމަންޖެ ބަސް ގަބޫލު ކުރާނެ! މިކަމުގެ ސަބަބުން ރައީސްގެ ނަން ކިލަނބުވުން ނޫން ކަމެއް ނުވާނެ! މި މައްސަލައިގެ ނަތީޖާއަކަށްވާނީ، ހުރިހާ ވާހަކައެއް ދެކެވި މީޑިއާތަކުގައި ފަޟީހަތްވުން! ވިކްޓިމްއަކު ކުށްވެރިއެއްނުވާނެ- ރައްދުވާ ފަރާތް ކުށެއްނެތްކަން ސާބިތުވާނީ! ރިޕޯޓު ސައްހަ ރިޕޯޓަކަށްވެ އަދަދު މިމައްސަލައިން ބޭރުވާނެ! މިޔަށް މުސްކުޅިން ކިޔައި އުޅެނީ އަމިއްލަ ---- ފައިން އެރުން!!
8 5

ތެފައާސާ.

6 މޭ 2026
ސަބަބުވެރި މިންގަނޑަކުން މިނެކިރާއިރު މިކަމުގައި ހަގީގަތްތަކެއް އެކުލެވޭކަމަށް ބެލުމުގެ ފުރުސަތު ބޮޑު. ދެން އެއީ ޖިންސީ ގޯނާތޯ ޒިނޭތޯ ނުވަތަ ގަޒުފުތޯ ކަނޑައެޅޭނީ އިންސާފުވެރި މިނިވަން ތަހުގީގަކުން. އުންމީދަކީ އެމަގުން އެކަން ހިނގައި ދިއުން. އަދި ކުށެއް ކޮށްފައި އޮތްނަމަ، އެއީ ޖިންސީ ގޯނާ ވިޔަސް ނުވަތަ ޒިނޭ ވިޔަސް ނުވަތަ ގަޒުފު ވިޔަސް އެ ކުށެއް ކުރި ފަރާތަކަށް ހައްގު އަދަބު ލިބިގެން ދިއުން.
16 1

ހޗބޗހޗ

6 މޭ 2026
ވިކްޓިމްއަކަށވުރެ ސިޔާސީ ސްޓަންޓަކަށް ބޭނުންކުރާ ޕަޕެޓެކޭ ކިއްޔާ ރަގަޅުވާނެ. ވަޒީފާގެ މާހައުލުުގަ ތިހުރިހާކަމެއްވިއިރު އެކަމާ ދެކޮޅުނުހަދަ މައްސަލަައެއްވެސް ނުޖައްސަ ވަޒީފާއިން ވަކިކުރީމަތަ ތިކަމާ ކުރިމަތިލައި އެހެންމޯހަކަށް ތިހެންދިމާނުވޭތޯ އުޅެންވީ.
6 19

ޙުސެން

6 މޭ 2026
@ހޗބޗހޗ އިންނާނަމޭ ކިޔައިގެން ހުރިހާކަމެއް ކޮށްފަ ނީދެ ވަޒީފާއިންވެސް ވަކިކުރީމަ ކޮށްމެ މީހަކުނަމަވެސް އެވާހަކަ ދެއްކޭނެ
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް