ޕީއެންސީގެ އާ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ލަމްއާން (މ). (ފޮޓޯ/އެމްއޭސީއެލް)

ޕީއެންސީ

ޕީއެންސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްއަކަށް ލަމްއާން

އޭނާ މިދިޔަ ހަފްތާގައި ވަނީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކޮށްފައި

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް މިދިޔަ ހަފްތާގައި އައްޔަން ކުރި މުހައްމަދު ލަމްއާން، ވެރިކަން ކުރާ ޕީއެންސީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ހަމަޖައްސަވައިފި އެވެ.

ތަފްސީލް - ޕީއެންސީއިން މިއަދު ވަނީ އޭނާ އެ މަގާމަށް ހަމަޖެއްސިކަން އިއުލާންކޮށް، މަރުހަބާ ކިޔާފަ އެވެ.

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ލަމްއާން އައްޔަން ކުރީ މި މަހުގެ 1ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެެ.

އެނގުން މުހިއްމު - ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްއަކީ، މިހާރު އުވާލާފައިވާ ލޯކަލް ގަވަނަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކުރިން ހުންނެވި މޫސާ ފަތުހީ އެވެ. އޭނާ އެސްޖީކަމަށް ހަމަޖެއްސީ އެ މަގާމުގައި ހުންނެވި މުއާޒް ހަލީމް އިސްތިއުފާދެއްވުމުންނެވެ.

މުއާޒް އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ފައްޓަވާފައިވާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވަން ބޭނުންވާތީ ކަމަށް ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް