ރުކުން ވެއްޓި ފަރުވާ ދެމުން ދަނިކޮށް މަރުވީ ޝިފާޒް

މަރު

ކުޅުދުއްފުށީގައި ރުކަކުން ވެއްޓި ފަރުވާ ދެމުން ދިޔަ ޒުވާނަކު މަރުވެއްޖެ

އޭނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް

ހދ. ކުޅުދުއްފުއްޓަށް ގޮސް އުޅުނު، އެ އަތޮޅު ނޭކުރެންދޫ ޒުވާނަކު ރުކަކުން ވެއްޓި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ހުސެން ޝިފާޒު ކިޔާ 36 އަހަރުގެ މީހެކެވެ. އޭނާ މަރުވީ، އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ތަފްސީލް - ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖު ވިދާޅުވި ގޮތުގައި ޝިފާޒު ވެއްޓުނީ މީގެ ހަފުތާއެއްހާ ދުވަސްކުރިން، މަސައްކަތެއް ކުރުމަށް ކުޅުދުއްފުއްޓަށް ގޮސް ރުކަށް އަރާ އުޅުމުގެ ތެރޭގަ އެވެ.

"ރުއް ސާފުކުރަން ވެގެން ކަމަށް ވަނީ އެރީ. ވެއްޓުނު ގޮތަށް ހޭނާރާ އޮވެ އެ މަރުވީ،" ސިރާޖު ވިދާޅުވި އެވެ.

އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. މާލެ ގެނައީ މީގެ ތިން ދުވަސް ކުރިން ހާލަތަށް ބަދަލެއް ނައުމުން ކަމަށް ވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް