ރައީސް މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
ރައީސަށް ތުހުމަތުކުރި ވާހަކަތައް ދޮގުކުރައްވައިފި: 'ދައުވާކޮށްދޭން އެދެން'
ރައީސް މުހައްމަދު މުއިއްޒަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ބުނެ އުފައްދާފައިވާ ވީޑިއޯގައި ހިމަނާފައި ވަނީ "ކަނޑައެޅިގެން ދޮގު" ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކަށް ދައުވާކޮށްދޭން ކަމާ ގުޅުންހުރި ފަރާތްތަކުގައި އެދިވަޑައިގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'އަދަދު' ނޫހުން އާންމު ކުރި ވީޑިއޯއެއްގައި އަންހެނަކު ވަނީ ކާކުކަން ނޭނގޭ ގޮތަށް ރައީސް މުއިއްޒުއާ ގުޅުވައި އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ދައްކައިފަ އެވެ. އިސްލާމީ އަހުލާގުން ބޭރު އަމަލުތަކެއް ރައީސްއާ އެކު ހިންގި ކަމަށް ވެސް އެ އަންހެން މީހާ ބުނެފައިވެ އެވެ.
ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'އަދަދު' ނޫހުން ވަނީ ވީޑިއޯގައި އަންހެން މީހާ ދައްކާފައިވާ ވާހަކަތަކާ ގުޅޭ ގޮތުން ރައީސްއާ ސުވާލުކޮށްފަ އެވެ.
"ކަނޑައެޅިގެން ދޮގު ވާހަކައެއް އިނގޭތޯ. 'އަދަދު' ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. ކަނޑައެޅިގެން ދޮގި ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވެވަޑައިގެންނެވީ،" ރައީސް ވިދާޅުވި އެވެ.
"މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާ ކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން."
އެނގުން މުހިންމު - މީގެ މަހެއްހާ ދުވަސްކުރިން އާންމު ކުރި އެ ވީޑިއޯއަށް ރައީސް ރައްދު ދެއްވި މިއީ ފުރަތަމަ ފަހަރެވެ.
ކޮމެންޓް (5)
ތިރީސްއިންސައްތަ
ތެފައާސާ.
ސިކުނޑި
ސަނޫނު
ސިކުނޑި