ތޫނު އެއްޗަކުން ހަމަލާދީގެން ހައްޔަރު ކުރި މީހާ (ފޮޓޯ/ޕޮލިސް)
ތޫނު އެއްޗަކުން ހަމަލާދީގެން ހައްޔަރު ކުރި ބަންގްލަދޭޝް މީހާގެ ބަންދަށް 7 ދުވަސް
މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލާގައި ހައްޔަރު ކުރި ބަންގްލަދޭޝް މީހާގެ ބަންދަށް 7 ދުވަސް ކޯޓުން މިއަދު ދީފި އެވެ.
ތަފްސީލް - ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ ދަންވަރު ކަރަންކާ މަގުގައި ހުރި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ބަންގްލަދޭޝްގެ އަންތަރު މުއްލާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 7 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކަށެވެ. އެ ހަމަލާގައި ކަރަށް ބޮޑެތި ޒަހަމުތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.