ފަޅުރަށެއްގައި މީގެ ކުރިން ފުރޮޅާލާފައި އޮތް ވެލާތަކެއް. ވެލާ ހިފުމަކީ ރާއްޖޭގައި މަނާކޮށްފައިވާ ކަމެއް

ވެލާ

ކެންދޫ ބަޔަކު އަނެއްކާވެސް ވެލާފެޅި މައްސަލައެއް ބަލަނީ

މި ފަހަރު ވެސް އެ މީހުން ވެލާ ފެޅީ އެ ރަށް ކައިރީގައި އޮންނަ ފަޅުރަށެއްގައި

ބ. ކެންދޫ ބަޔަކު އެ ރަށް ކައިރީ އޮންނަ ފަޅުރަށެއްގައި ވެލާ ފެޅި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ފުލުސް އޮފީހުން ބުނި ގޮތުގައި ބ. ހުޅުދޫގައި ބަޔަކު ވެލާ ފެޅި މައްސަލައެއް، އެ އަތޮޅު ބަޔޮފިޔާ ރިޒާވް އޮފީހުގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

މައްސަލައިގެ މާ ބޮޑު މައުލޫމާތެއް ފުލުހުން އަދި އާއްމެއް ނުކުރެ އެވެ. ވެލާ ފެޅުމުގައި ބައިވެރިވީ ކިތައް މީހުން ކަމެއް ވެސް ނުބުނެ އެވެ.

އެނގުުން މުހިއްމު - މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރު ވެސް ހަމަ މި ފަދަ މައްސަލައެއް އެ ރަށުގައި ވަނީ ފެންމަތިވެފަ އެވެ. ކެންދުއަށް ނިސްބަތްވާ ހަތް މީހަކު އެ ފަހަރު ހަ ވެލާ ފެޅި އެވެ. ފުލުހުން އެ ރަށަށް އެރި އިރު އެ މީހުން ތިބީ ވެލާ ފަޅައިގެން ކައްކާށެވެ.

އެ މައްސަލައިގައި އެ މީހުން ވަނީ، މީހަކު 198،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ. އެކަމަކު އެ ފައިސާ ދައްކަން ދެކޮޅު ހެދުމުން، އެ އަދަދު ވަނީ 33،000ރ.އަށް ފަހުން ކުޑަކޮށްފަ އެވެ.

ވެލަ އާއި ކަހަނބަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ތަކެއްޗަށްވީ ނަމަވެސް، ބައެއް އަތޮޅުތަކުގައި ވަރަށް ގިނައިން އޭގެ މަސް ކައި އުޅެ އެވެ.

ކޮމެންޓް (1)

ކެންދޫ

19 އޭޕްރީލު 2026
ތިޔައީ ސަހަލު ބަޔަކު އުޅޭ ރަށެއްނޫން. އިއްޔެ އެރަށު ކައުންސިލްގެ ރައީސްގެ ސައިކަލު ކަނޑުފެއްތީ. ތިޔަރަށަކީ ތިޔަކަހަލަ ނުބައިކަންތައް ކޮށްފައޮތް ރަށެއް. އަނެއްކާ ތަކުރާރުވާންފެށީ. ކެންދޫ އަލީ ހުސޭނުމެން ރަށަަށްގޮސް ރައްޔިތުން ހަމަމަގަށް އަޅުވާކަށްނޫޅޭވިއްޔަ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް