އެމްޑީޕީ އިން ރޭ ކުރި މުޒާހަރާ (ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

އެމްޑީޕީ މުޒާހަރާ އިން ހައްޔަރުކުރި މައިމޫން ވެސް ދޫކޮށްލައިފި

ފުލުހުން ބުނީ ރޭގެ މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލާ، ހަމަނުޖެހުން ހިންގި ކަމަށް

އެމްޑީޕީ އިން ރޭ ކުރި މުޒާހަރާގައި ހައްޔަރު ކުރި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ދޫކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ރޭގެ މުޒާހަރާގައި ހައްޔަރުކުރީ މައިމޫންގެ އިތުރުން އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު، ނައިފަރު ދާއިރާގެ ރައީސް އަބްދުﷲ ރަޝީދު (ވާވާ) އެވެ.

ތަފްސީލް - ފުލުހުން ބުނީ މައިމޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާ އެކު ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލާ، ހަމަނުޖެހުން ހިންގި ކަމަށާއި އެ ހަމަނުޖެހުމުގައި އަނިޔާވި ފުލުހަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ގުޅުން ހުރި - ސަރުކާރުގެ ސިޔާސަތުތަކާއި މިހާރު ސަރުކާރުން ހިންގަމުންދާ ބައެއް ކަންކަމުގެ ތެރެއިން 12 ކަމެއް އިސްލާހުކުރަން ގޮވާލާ އެމްޑީޕީން ސަރުކާރާ ދެކޮޅަށް މާލޭގައި މުޒާހަރާތަކެއް ކުރިއަށް ގެންދަނީ މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް