އެމްޑީޕީ އިން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާ (ފޮޓޯ/އެމްޑީޕީ)
އެމްޑީޕީ މުޒާހަރާއިން 2 މީހުން ހައްޔަރުކުރި؛ އެކަކު ދޫކޮށްލައިފި
އެމްޑީޕީން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި އޭގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ ރޭގެ މުޒާހަރާއިން ހައްޔަރު ކުރީ 30 އަހަރުގެ ފިރިހެނަކާއި 49 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ތަފްސީލް - އޭގެ ތެރެއިން 30 އަހަރުގެ މީހަކީ އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ނައިބު ރައީސް އަހްމަދު މައިމޫން މުހައްމަދެވެ.
އެ ދެ މީހުންގެ ތެރެއިން 49 އަހަރުގެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ރޭގެ މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލާ، ހަމަނުޖެހުން ހިންގި ކަމަށާއި އެ ހަމަނުޖެހުމުގައި އަނިޔާވި ފުލުހަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގުޅުން ހުރި - ސަރުކާރުގެ ސިޔާސަތުތަކާއި މިހާރު ސަރުކާރުން ހިންގަމުންދާ ބައެއް ކަންކަމުގެ ތެރެއިން 12 ކަމެއް އިސްލާހުކުރަން ގޮވާލާ އެމްޑީޕީން ސަރުކާރާ ދެކޮޅަށް މާލޭގައި މުޒާހަރާތަކެއް ކުރިއަށް ގެންދަނީ މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފެށިގެންނެވެ.
ކޮމެންޓް (2)
00000
ބޮއުހަލާކު