ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތަށް ގެނެސްފައިވާ ކާރުތައް (ފޮޓޯ/ އެމްޓީސީސީ)

ޓެކްސީ

ސަރުކާރުގެ ޓެކްސީ ލައިނުން އަގު ނަގަން ފަށައިފި

އެމްޓީސީސީން ބުނި ގޮތުގައި، ދަތުރުތަކަށް ފައިސާ ދައްކަން ޖެހޭނީ އެ ހިދުމަތަށް ކަނޑައަޅާފައިވާ އެޕް ނުވަތަ ކިއުއާރުކޯޑް މެދުވެރިކޮށް

ދެ ހަފްތާއެއްހާ ދުވަހު ހިލޭ ހިދުމަތް ދިނުމަށް ފަހު، ސަރުކާރުގެ ޓެކްސީ ލައިނުން އަގު ނަގަން މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ކާރާ އެކު، ސަރުކާރުގެ ޓެކްސީ ލައިން ފެށީ މި މަހުގެ 2 ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމަައަށް ދަތުރުތައް އޮތީ ހިލެ އެވެ. 

ތަފްސީލް - މި ޓެކްސީ ލައިނުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން މިއަދު ބުނީ، މިއަދުން ފެށިގެން ދަތުރުތަކަށް އަގު ނަގަން ފަށާފައިވާ ކަމަށެވެ. ދަތުރުތައް ކުރާނީ މާލޭގައި މިހާރު ވެސް ޓެކްސީ ކުރާ އަގުތަކުގަ އެވެ. 

އެމްޓީސީސީން ބުނި ގޮތުގައި، ދަތުރުތަކަށް ފައިސާ ދައްކަން ޖެހޭނީ:

  • ޓެކްސީ ލައިނަށް ހާއްސަކޮށް ހަދާފައިވާ އެޕް މެދުވެރިކޮށް 

  • އެ ހިދުމަތަށް ބޭނުންކުރާ ކިއުއާރު ކޯޑް ބޭނުންކޮށްގެން ވެސް ދަތުރުތަކަށް ފައިސާ ދެއްކިދާނެ

އެނގުން މުހިންމު - ޓެކްސީ ލައިނުން އަގު ނަގަން ފެށިއިރު، މި ކަމަށް ހާއްސަކޮށް އެޕެއް ތައްޔާރުކުރުމަށް ގާތްގަނޑަކަށް 13 މިލިއަން ރުފިޔާއަށް އެމްޓީސީސީގެ ބަޔަކާ ގުޅުން އޮންނަ ބަޔަކަށް ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލަ ވަނީ ފެންމަތިވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް