ކިނބޫ ހިފި ދެ މީހުންގެ ތެރެއިން އެކަކު، އޭގެ މަތީގައި އިށީނދެގެން
ނައިފަރު 2 މީހަކު 6 ފޫޓުގެ ކިނބުލެއް ހިފައިފި
ޅ. ނައިފަރު ކައިރީ އޮންނަ ފަޅުރަށަކަށް މަސް ބާނަން ދިޔަ ދެ ޒުވާނަކު، އެ ރަށުގެ ފަޅުތެރެއިން ބޮޑު ކިނބުލެއް ހިފައިފި އެވެ.
ވީ ކިހިނެއް؟ - މިއަދު މެންދުރު އެ ކިނބޫ ހިފީ، ނައިފަރު ކައިރީ އޮންނަ ދިއްދޫ ކިޔާ ފަޅުރަށް ކައިރިންނެވެ. ހަ ފޫޓުގެ އެ ކިނބޫ ހިފީ، އެ ޒުވާނުން އެކަނި ހުސް އަތާ އެވެ.
ތަފްސީލް - މިހާރު އެ ކިނބޫ ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ މީހުން ސިފައިންނާ އެ ހަވާލުކުރީ ޑިންގީއަކަށް ލައިގެން ގެންގޮހެވެ.
ރާއްޖެއިން މަދުން އެގޮތަށް ކިނބޫ ފެންނައިރު، ނުރައްކާތެރި އެ ޖަނަވާރު އާއްމުކޮށް ހިފާނީ ސިފައިން ނުވަތަ ފުލުހުންނެވެ.
"އެ ކުދިން އަބަދު ވެސް އުޅޭނީ މޫދުގައި. މޫދަށް އެ މީހުން ވަރަށް ގަދަވާނެ. އެހެންވެ ކަންނޭނގެ އެ މީހުންނަށް ކިނބޫ އެ ހިފުނީ ވެސް،" ނައިފަރު ކައުންސިލްގެ މެމްބަރު އަބްދުﷲ ހަސަން ވިދާޅުވި އެވެ.
އެ ޒުވާނުންނާ ގުޅޭ ގޮތް ނުވުމުން، އެ މީހުން ކިނބޫ ހިފި ގޮތެއް ސާފެއް ނުވެ އެވެ.
އެކަމަކު ފޮޓޯތަކުން ފެންނަ ގޮތުގައި، ކިނބުލުގެ ތުނބުގައި ގޯނިގަނޑެއް އޮޅައި އައްސާފައި އޮތް އިރު، އަތްފައި ވެސް ބަނދެފައި އޮތީ ވަލަކުންނެވެ.
ކޮމެންޓް (2)
އެހެނަސް..
ކަލޯ