ބިދޭސީންތަކެއް މަސައްކަތުގައި: މަސްތުވާތަކެތި ބޭނުންކޮށް، ޖުވާ ކުޅޭ ކަމުގެ ތުހުމަތުގައި ގިނަ ބިދޭސީންތަކެއް ވަނީ ހައްޔަރުކޮށްފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މަސްތުވެ ޖުވާކުޅޭކަމުގެ ތުހުމަތުގައި 38 ބިދޭސީން ހައްޔަރުކޮށްފި
ފުލުހުން ބުނިގޮތުގައި ޑީޕޯޓުކުރުމަށްޓަކައި އެ މީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި
17 އޭޕްރީލު 2026
2
މަސްތުވާތަކެތި ގެންގުޅެ، އެ ބޭނުންކޮށް އަދި ޖުވާކުޅޭކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ތަފްސީލް - ފުލުހުން މިރޭ ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނި، ބިދޭސީންތަކެއް ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަމުން ދާކަމަށް އިއްޔެ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ހައްޔަރު ކުރީ ބަންގްލަދޭޝްގެ 38 ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި ޑީޕޯޓުކުރުމަށްޓަކައި އެ މީހުން މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ކޮމެންޓް (2)
ޝައްމާނު
ސިކުނޑި