އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމްގެ ދެކަނބަލުން ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް (މ)އާ އެކުގައި.

މަތީ ތައުލީމު

ޝަހީމް ޕީއެޗްޑީ ހެއްދެވި ޔުނިވަސިޓީން ދަރިކަލުންނަށް މަތީ ވަނައެއް

ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ވަނީ އޭނާ ކިޔަވާ ވިދާޅުވި ފެކަލްޓީން އެކަޑަމިކް އެކްސެލެންސް އެވޯޑް ހޯއްދަވާފައި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޕީއެޗްޑީ ހެއްދެވި މަރުކަޒު، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިޔާ (އައިއައިޔޫއެމް) އިން، ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް މަތީ ވަނައެއް ހޯއްދަވައިފި އެވެ.

ވީ ކިހިނެއް؟ - އައިއައިޔޫއެމްގައި މާހިލް ކިޔަވާ ވިދާޅުވީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ އެވެ.

އޭނާ ވަނީ:

  • ކިޔަވާ ވިދާޅުވި ފެކަލްޓީން އެކަޑަމިކް އެކްސެލެންސް އެވޯޑް ހޯއްދަވާފައި

  • އައިއައިޔޫއެމްގެ ރެކްޓާސް އެވޯޑަށް ނޮމިނޭޓްވެވަޑައިގެންފައި

  • އެއީ ޔުނިވަސިޓީގެ އެންމެ މޮޅެތި ދަރިވަރުންނަށް ލިބޭ އެވޯޑެއް

ދަރިކަލުންގެ މި ކާމިޔާބީ ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވީ މިއީ އާއިލާގެ އިތުރުން ރާއްޖެއަށް ވެސް ލިބިވަޑައިގެންނެވި ފަހުރެއް ކަމަށެވެ.

އެނގުން މުހިއްމު - މެލޭޝިޔާގެ މި ޔުނިވަސިޓީއަކީ ދިވެހި ގިނަ ދަރިވަރުންތަކެއް ކިޔަވާ ތަނެކެވެ. އަދި ދައުލަތަށް ހިދުމަތް ކުރެއްވި ގިނަ ބޭފުޅުންނާއި އެކި ދާއިރާތަކުގެ ހިދުމަތްތެރިން މިތަނުން ކިޔަވާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް (5)

ަަހަސަންބެ

16 އޭޕްރީލު 2026
ކަލޯގަޔާ. ރާއްޖޭގެ ދަރިވަރުން ދުނިޔޭގެ އެންމެ ފެންވަރުމަތީ ޔުނިވާސިޓީތަކުން ކޮންމެ އަހަރަކު ރަންވަނަތައް ހޯދާއިރު އެވާހަކަ ނުލިޔެ، އާދައިގެ ފެންވަރުދަށް ޔުނިވާސިޓީ އަކުން ޑިގްރީގަނޑެއް ހާސިލުކޮށް، ވަނައެއް ލިބުނީމާ މިއަރުވާލީ ހާދަހާ ވަރެކޭދޯ.
0 0

ށިފުލީން

16 އޭޕްރީލު 2026
ލޮލް ހެޔޮޏުވާނެ ދެން
0 0

ޙުސްބެ

16 އޭޕްރީލު 2026
ތި ޔުނިވާސިޓީގެ އެކްސެލެންސް އެވޯޑަށްވުރެ ރަނގަޅު ފެންވަރުގެ ޔުނިވާސިޓީއެއްގެ 50 ވަނަ ލިބުމަކީވެސް މާބޮޑު ޝަރަފެއް
0 0

ކޮސް

16 އޭޕްރީލު 2026
އެބޭޅާ ދެއްތޯ ވަގަށް ހަށިކޮޅުގައި ވޭޕް ދަނޑިތައް ބަނދެގެން ރާއްޖެ އެތެރެކުރެއްވީ... ސިޔާސީ ގޮތުން އުނގެނި ވަޑައިގެން ދަސްކުރެއްވި ކަމަކީ ރައީސް މުއިއްޒަށް ގޮންޖެއްސެވުން.....
0 0

ތެފައާސާ.

16 އޭޕްރީލު 2026
ވަރަށް ބޮޑަށް މަރުހަބާ!
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް