14 އޭޕްރީލް 2026 - ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓް އަލުން އެކުލަވާލައްވައި 12 ވަޒީރަކު އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު (ފޮޓޯ/ރައީސް އޮފީސް)
މިނިސްޓްރީތަކުގެ އަދަދު 15 އަށް މަދުކޮށްފި
ރައީސް މުއިއްޒު އަލުން ކެބިނެޓް އެކުލަވާލެއްވި އިރު މިނިސްޓްރީތަކުގެ އަދަދު ވަނީ މަދުކޮށްފައި. ރައީސް އޮފީހުން ބުނިގޮތުގައި މިއަދު އައްޔަންކުރި 12 ވަޒީރުންނާ އެކު އާ ކެބިނެޓްގެ އަދަދަކީ 15 މެމްބަރުން.
ކެބިނެޓަށް މިއަދު އައްޔަންކުރީ 12 ބޭފުޅެއް. އެއީ:
-
1-
މޫސާ ޒަމީރު - މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް
-
2-
އަލީ އިހުސާން - މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ
-
3-
އިރުތިޝާމް އާދަމް - މިނިސްޓަ އޮފް ފޮރިން އެފެއާޒް
-
4-
ޑރ. އިސްމާއީލް ޝަފީއު - މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް
-
5-
ގީލާ އަލީ - މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
-
6-
މުހައްމަދު ސައީދު - މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
-
7-
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް
-
8-
މުހައްމަދު އަމީން - މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
-
9-
އަބްދުﷲ ރާފިއު - މިނިސްޓަ އޮފް ޔޫތު އެމްޕަވާމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސް
-
10-
ހީނާ ވަލީދު - މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު
-
11-
ޑރ. އަބްދުﷲ މުއްތޮލިބު - މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް
-
12-
އަލީ ޝަރީފް - މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރްމެންޓް އެންޑް އެނާޖީ
ދިހަ މިނިސްޓަރެއްގެ އިސްތިއުފާއަށް ފަހު ކެބިނެޓުގައި ބާކީ ތިއްބެވި ވަޒީރުންގެ ތެރެއިން ގިނަ ބޭފުޅުން އަލުން ހުވާކުރެއްވީ އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފައިވާތީ ނުވަތަ ބައެއް މިނިސްޓްރީތައް އެއްކޮށްލައި، މެންޑޭޓްތަކަށް ބަދަލު ގެނެސްފައިވާތީ. އަލުން ހުވާކުރެއްވި ވަޒީރުންގެ އިތުރުން، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާ ކެބިނެޓުގައި ވެސް ހިމެނިވަޑައިގަންނަވާ. ހުސްކޮށް އޮތް ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް މި ރަސްމިއްޔާތުގައި ބޭފުޅަކު އައްޔަނެއް ނުކުރޭ.
ކެބިނެޓަށް އަލަށް 4 ބޭފުޅެއް
ހަތަރު ބޭފަޅު ފިޔަވައި މިއަދު ހުވާކުރެއްވީ ކުރިން ވެސް ކެބިނެޓުގައި ތިއްބެވި ވަޒީރުން. އާ މިނިސްޓަރުންނަކީ ހީނާ ވަލީދު، ގީލާ އަލީ، އިރުތިޝާމް އާދަމް އަދި އަލީ ޝަރީފް
ވަޒީރުންނާ މަގާމުގެ ލިޔުން ހަވާލުކުރުމާ އެކު ރަސްމިއްޔާތު ނިންމާލައިފި
ކްލައިމެޓް ޗޭންޖް މިނިސްޓަރަކަށް އަލީ ޝަރީފް
އިންފްރާސްޓްރަކްޗާ މިނިސްޓަރުކަމަށް މިހާރުގެ ވެސް ވަޒީރު ޑރ. އަބްދުﷲ މުއްތޮލިބު
ހެރިޓޭޖް މިނިސްޓަރުކަމަށް ހީނާ ވަލީދު
ޔޫތު މިނިސްޓަރަކަށް އަބްދުﷲ ރާފިއު އަދި އިސްލާމިކް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޓޫރިޒަމް މިނިސްޓަރަކަށް މުހައްމަދު އަމީން އަދި އިކޮނޮމިކް މިނިސްޓަރަކަށް މުހައްމަދު ސައީދު
ހެލްތު މިނިސްޓަރަކަށް ގީލާ އަލީ
އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ޑރ. އިސްމާއީލް ޝަފީއު
ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރުކަމަށް މިހާރުގެ ވެސް ވަޒީރު އަލީ އިހުސާން
ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒް މިނިސްޓަރުކަމަށް މިހާރުގެ ވެސް ވަޒީރު މޫސާ ޒަމީރު
ދެންމެ ވަޒީރުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަކީ މޫސާ ޒަމީރު، އަލީ އިހުސާން، އިރުތިޝާމް އާދަމް، ޑރ. އިސްމާއީލް ޝަފީއު، ގީލާ އަލީ، މުހައްމަދު ސައީދު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، މުހައްމަދު އަމީން، އަބްދުﷲ ރާފިއު، ހީނާ ވަލީދު، ޑރ. އަބްދުﷲ މުއްތޮލިބު އަދި އަލީ ޝަރީފް. އެ ބޭފުޅުން މަގާމުގެ ލިޔުމުގައި ހުވާ ކުރައްވައިފި
ރަސްމިއްޔާތު ފަށައި ހުވާކުރަނީ
އާ ވަޒީރުންނަށް އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ހުވާ ލައިދެއްވަނީ
-------------------------------------------------------------------------------------------------------
- ރައީސް މުހައްމަދު މުއިއްޒު ސަރުކާރުގެ މަގާމުތަކަށް ގެންނަވަން ފައްޓަވާފައިވާ ބަދަލުތަކުގެ ތެރެއިން އާ މިނިސްޓަރުން އައްޔަންކުރެއްވުމުގެ ރަސްމިއްޔާތަށް ތައްޔާރުވެއްޖެ އެވެ.
ރައީސް ވަޒީރުކަމަށް އާ ބޭފުޅުންތަކެއް މި އައްޔަންކުރައްވަނީ މިއަދު 10 ވަޒީރަކު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އެއީ:
-
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު
-
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
-
ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
-
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
-
އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
-
ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް
-
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
-
ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް
-
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
-
ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
ރައީސް އޮފީހުން ބުނީ މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން ކަމަށެވެ.
އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި އެ ބޭފުޅުންނަށް ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ކޮމެންޓް (4)
ރުމާލު 2
ރުމާ
ކޮމޮޑަސް
ތެފައާސާ.