ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ.

ފޮސްޓާ ކުދިންނާ ހަވާލުވާ ސަރުކާރު މުވައްޒަފުންނަށް ޗުއްޓީއެއް ދެނީ

ކުއްޖާއާ ހަވާލުވާއިރު އުމުރުން 6 މަސް ނުވާ ނަމަ، 6 މަސް ވަންދެން މުސާރަ އާއި އިނާޔަތާ އެކު ޗުއްޓީ ލިބޭނެ؛ 6 މަސް ފުރިފައިވާ ނަމަ ނުވަތަ 6 މަސް ފުރެން 30 ދުވަހަށް ވުރެ މުއްދަތު ކުރު ނަމަ ލިބޭނީ މުސާރަ އާއި އިނާޔަތާ އެކު 30 ދުވަހުގެ ޗުއްޓީއެއް
14 އޭޕްރީލު 2026

ފޮސްޓާ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހެއް ގެނެސްފި އެވެ.

ވީ ކިހިނެއް؟ - ސިވިލް ސާވިސްގެ ގަވާއިދަށް ގެނައި 17 ވަނަ އިސްލާހު ގެޒެޓުގައި ޝާއިއުކުރީ އިއްޔެ އެވެ.

ތަފްސީލު - ފޮސްޓާ ނިޒާމުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާ ހަވާލުވާ ސިވިލް ސާވިސްގެ މުވައްޒަފުންނާއި މައިންބަފައިން ނުވަތަ ޝަރުއީ ބަލަދުވެރިން ކުއްޖާއާ މެދު އިހުމާލުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށްފަހު ކުދިން ބެލެހެއްޓުން ދައުލަތުން ހަވާލުކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީއެއް ދެވޭނެ ދެ ހާލަތެއް އެ އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެއީ:

  • 1-

    ކުއްޖާއާ ހަވާލުވިއިރު ކުއްޖާގެ އުމުރުން 6 މަސް ނުފުރޭ ނަމަ، ކުއްޖާގެ އުމުރުން 6 މަސް ހަމަވާ ތާރީހާ ހަމައަށް މުސާރަ އާއި އިނާޔަތްތައް ލިބޭ ޗުއްޓީއެއް ދިނުން

  • 2-

    ކުއްޖާއާ ހަވާލުވިއިރު ކުއްޖާގެ އުމުރުން 6 މަސް ފުރިފައިވާ ނަމަ ނުވަތަ 6 މަސް ފުރެން 30 ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، މުސާރަ އާއި އިނާޔަތްތައް ލިބޭ ގޮތަށް 30 ދުވަހުގެ ޗުއްޓީއެއް ދިނުން

ފޮސްޓާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް އެންސްޕާ މެދުވެރިކޮށް އެލަވަންސެއް ދެމުން އައި ނަމަވެސް، އެ ކުދިންގެ ބެލެނިވެރިކަމާ ހަވާލުވާ ސިވިލް ސާވިސް މުވައްޒަފުންނަށް ވަކި ހާއްސަ ޗުއްޓީއެއް ދޭ ގޮތަށް ކުރިން ކަނޑައަޅާފައި ނޯވެ އެވެ.

އޭގެ އިތުރުން ދައުލަތުން ބަލަހައްޓާ ކުދިން ފޮސްޓާ ކުރާ އާއިލާތަކަށް މަހަކު 5،000ރ.ގެ މާލީ އެހީއެއް ވެސް ސަރުކާރުން އަންނަނީ ދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް