15 ސެޕްޓެމްބަރު 2024: މާލެ މަތިން. (ދައުރު ފޮޓޯ)

މަރު

މާލޭ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެ

މިދިޔަ ހުކުރު ދުވަހު އިރުއޮއްސޭހާއިރު މާލޭގެ ގެއެއްގެ މަތިން ވެއްޓި އަނިޔާވި ބިދޭސީއަކު ޖެހިގެން އައި ހޮނިހިރު ދުވަހުގެ ރޭ މަރުވި ކަމަށް ފުލުހުން މިއަދު ބުނި

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދިޔަ ބިދޭސީއަކު ހޮނިހިރު ދުވަހުގެ ރޭ މަރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - މިދިޔަ ހުކުރު ދުވަހު އިރުއޮއްސޭހާއިރު މި ހާދިސާ ހިނގާފައި ވަނީ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގަ އެވެ. އެގޮތުން:

  • ވެއްޓިފައިވަނީ ބަންގްލަދޭޝްގެ 30 އަހަރުގެ ފިރިހެނެއް

  • އޭނާ ވެއްޓުނީ 10ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް

ތަފްސީލް - އެ ހާދިސާއާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލުކުރުމުން ފުލުހުން ފޮނުވި މެސެޖެއްގައި ވަނީ އެ ބިދޭސީ މީހާ ހޮނިހިރު ދުވަހުގެ ރޭ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

އާއިލާއިން އެދިގެން އޭނާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފޮނުވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް (1)

އިންސާފު

13 އޭޕްރީލު 2026
ކިއްކުރަނިކޮށް ވެއްޓުނީ ، ބަޔަކު އޭނާ އެއްލާލީތަ؟ ، ނޫނީ މަސައްކަތެއް ކުރަނިކޮށް ވެއްޓުނީތަ؟ ތަޙްޤީޤުން ހޯދަންޖެހޭ ޖަވާބު..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް