މާލެ މަތިން. (ދައުރު ފޮޓޯ)
މާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެ
އެ މީހާ ވެއްޓުނީ މާފަންނު. ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން. އެ މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުން
9 އޭޕްރީލު 2026
މާލޭގެ ގެއެއްގެ މަތިން މީހަކު ވެއްޓިިއްޖެ އެވެ.
ތަފްސީލު - ފުލުހުން ބުނީ މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓުނު ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:20 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ވެއްޓުނު މީހާއަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އޭނާ ވެއްޓުނީ ކިހާ މަތިން ކަމާއި ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ނުބުނެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.