ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ޕީއެންސީ ހައުސްގައިި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕީއެންސީ)
ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުގައި ހުންނެވި އަލީ އާރިފަކީ ރައީސް މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ވެސްމެ އެވެ.
ތަފްސީލް - އޭނާ އިސްތިއުފާ ދެއްވީ އަމިއްލައަށް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުލިބެ އެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އަލީ އާރިފް އިސްތިއުފާ ދެއްވި އިރު، ސަރުކާރު ކުންފުނިތަކުގެ ބައެއް އިސް ވެރިން ވެސް މިފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އޭގެ ތެރޭގައި އިއްޔެ މަގާމުން އިސްތިއުފާ ދެއްވި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރާއި އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ހިމެނެ އެވެ.
މީގެ އިތުރުން، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވައިފަ އެވެ.
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ އާއި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ހިމެނެ އެވެ.
ފާހަގަ ކުރެވޭ - ރައީސް މުއިއްޒުގެ ސަރުކާރު އައުމުގެ ކުރިން އާރިފް ހުންނެވީ ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ 2023ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް މުއިއްޒުގެ ކެމްޕޭނުގައި މަސައްކަތް ކުރެއްވުމަށެވެ. ފުރަތަމަ ބުރުގައި ހުންނެވީ ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާ އެކުގަ އެވެ.
ކޮމެންޓް (2)
ނުސިޔާނު
ތެފައާސާ.