ހުރާ ގެއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއްވެފައި. (ފޮޓޯ/އެންޑީއެމްއޭ)

ހުރާ ގެއެއްގައި ރޯވެ އިމާރާތަށާއި މުދަލަށް ގެއްލުންވެއްޖެ

އެ ގޭގައި ދިރިއުޅުނު 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭ އިން ބުނި

ކ. ހުރާ ގެއެއްގައި ރޯވެ، ގޭގެ އިމާރާތަށާއި މުދަލަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ ހުރާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ރޭ ދަންވަރު 1:18 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ތަފްސީލް - އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުރާ ގެއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއްވެފައި. (ފޮޓޯ/އެންޑީއެމްއޭ)

މި ހާދިސާއާ ގުޅޭ ގޮތުން އެންޑީއެމްއޭ އިން ބުނީ ހުރާގައި މީހުން ދިރިއުޅޭ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގާ، އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

އެ ގޭގައި ދިރިއުޅުނު 15 މީހަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.

ހުރާ ގެއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއްވެފައި. (ފޮޓޯ/އެންޑީއެމްއޭ)

ފުލުހުން ބުނީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރި ދިވެހި އަންހެނަކަށް ހުރާ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ފުލުހުން އަންނަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް