އެމްފްޑީއޭގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ ބޭފުޅުން މައުލޫމާތު ދެއްވަނީ

ހިކުމާއި ބަރުވުމަށް އަދި ޖިންސީ ކަންކަމަށް ހުއްދަ ނުނަގާ ބޭސް ވިއްކާ ނަމަ ފިޔަވަޅު އަޅަނީ

އެފްޑީއޭއިން ބުނީ މި ފަދަ ބޭސް ބޭނުން ކުރުމުން ހިތް ހުއްޓުމާއި ކުއްލި ގޮތަކަށް މަރުވުން ފަދަ ކަންކަމަށް ފުރުސަތު އޮތް ކަމަށް

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި މަސްތައް ވަރުގަދަ ކުރުމަށް އަދި ހަންގަނޑު ރީތިކުރުމާއި ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި އެވެ.

ވީ ކިހިނެއް؟ - ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން ގެޒެޓުގައި މިއަދު ބުނިގޮތުގައި މި ފަދަ ކަންކަންކަމަށް، ހުއްދަ ނުނަގައި ބޭސް އިމްޕޯޓްކޮށް އޮންލައިންކޮށާއި އެކި ފިހާރަތަކުގައި ވިއްކާ މައްސަލަ ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި ޑޮކްޓަރެއްގެ އިރުޝާދެއް ނެތި، މި ތަކެތި އާއްމުން ގަނެ ބޭނުންކުރަމުންދާކަން ވެސް އެނގިފައިވާ ކަމަށް ބުންޏެވެ.

ތަފްސީލް - އެފްޑީއޭއިން ބުނި ގޮތުގައި:

  • މިއީ އެތަނުން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫން

  • އެހެންވެ، މި ފަދަ ބޭސް ބޭނުން ކުރުމުން އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވޭ

  • އެގޮތުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމާއި ކުއްލި ގޮތަކަށް މަރުވުން ފަދަ ކަންކަންކަމަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް

އެތަނުން ބުނީ މިއީ ހަމަ އެކަނި ހުއްދަ ނަގައިގެން ހިންގާ ފާމަސީތަކުގައި، ވަކި ހާއްސަ ހުއްދައެއްގެ ދަށުން ވިއްކޭނެ ބޭސްތަކެއް ކަމަށެވެ. އެހެންވެ، ހުއްދަ ނުނަގައި، އިޝްތިހާރުކޮށް ވިއްކާ މި ފަދަ ޕްރޮޑަކްޓްތައް މާކެޓުން ނަގައި، ފިޔަވަޅު އެޅުމުގެ މަސައްކަތް އެތަނުން ކުރާނެ ކަމަށް ބުންޏެވެ.

ހުއްދަތައް ނުނަގައި އޮންލައިން ޕްލެޓްފޯމުތަކުގައި އެކި ކަހަލަ ބޭސް އިޝްތިހާރުކޮށް ވިއްކާކަން ފާހަގަކުރެވި އެކަމަށް ސަމާލުވުމަށް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް އެފްޑީއޭއިން ވަނީ އެދިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް